ކުޅިވަރުގެ ދިގު ރާސްތާ ޕްލޭނަކީ ސަރުކާރުގެ މިސްރާބު: ވަޒީރު ރާފިޢު

ކުޅިވަރުގެ ދިގު ރާސްތާ ޕްލޭނަކީ ސަރުކާރުގެ މިސްރާބު: ވަޒީރު ރާފިޢު

Author
ޙަސަން މުޙައްމަދު
16 ފެބްރުއަރީ 2026 06:34
0

ސަރުކާރުން ކުޅިވަރުގެ ދާއިރާ ބައްޓަންކުރަން ބޭނުންވާ މަންޒިލް ދައްކުވައިދެނީ އެކުލަވާލާފައިވާ ދިގު ރާސްތާ ޕްލޭނުން ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

"މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2025″ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މި ދާއިރާގެ ތަސައްވުރަކީ ހަމައެކަނި ކުޅިވަރު ކުޅޭނެ ތަންތަން ހެދުމެއް ނޫނެވެ. އޭގެ ބަދަލުގައި އެމަނިކުފާނު ސިފަކުރެއްވީ، ކުޅުންތެރިންނާއި ފަންނީ އޮފިޝަލުންގެ އިތުރުން ޒަމާނީ ވަސީލަތްތައް އެކުލެވޭހެން، ދެމެހެއްޓެނިވި ގޮތެއްގައި ކުޅިވަރު ކުރިއަރައިގެންދާނެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުމުގެ މުހިންމު މަސައްކަތެއްގެ ގޮތުގައެވެ.

ވަޒީރު ވިދާޅުވި ގޮތުގައި ސަރުކާރުގެ އަމާޒު ހުރީ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކާއި، އަލަށް ކުޅިވަރުގެ ތެރެއަށް ވަންނަ ޒުވާނުންނަށް ޚާއްޞަ ޕްރޮގްރާމްތަކުގެ އިތުރުން މަތީ ފަންތީގެ ތަމްރީނުތައްވެސް ޤައުމީ ލަނޑުދަނޑިތަކާ އެއްގޮތަށް ބައްޓަން ކުރުމަށެވެ. މިއީ ސަރުކާރުން ކުޅިވަރު ގެންދަން ބޭނުންވާ ހަގީގީ މިސްރާބު ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ވާހަކަފުޅު ނިންމަވާލައްވަމުން ވަޒީރު ވަނީ، މި ސަރުކާރުން ކުޅިވަރުގެ ދާއިރާއަށް ވެފައިވާ ވަޢުދުތަކަކީ ހަމައެކަނި ދައްކާލާ ވާހަކަތަކެއް ނޫންކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި އެ ވަޢުދުތައް ފުއްދުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ މަންޒަރު މިހާރު ފެންނަމުންދާނެކަމަށްވެސް ރާފިޢު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.