މަސްޖިދުލް ޔޫސުފުލް ބަރުބަރީގެ މަސައްކަތް ނިންމައި، ރަމަޟާން މަހަށް ހުޅުވަނީ

މަސްޖިދުލް ޔޫސުފުލް ބަރުބަރީގެ މަސައްކަތް ނިންމައި، ރަމަޟާން މަހަށް ހުޅުވަނީ

Author
ޙަސަން މުޙައްމަދު
17 ޖެނުއަރީ 2026 08:02
0

މާލޭގައި އަލަށް އިމާރާތްކުރަމުންދާ މަސްޖިދުލް ޔޫސުފުލް ބަރުބަރީގެ މަސައްކަތްތައް ހަލުވިމިނެއްގައި ކުރިއަށްދާކަމަށާއި، އަންނަ ރަމަޟާން މަހުގެ ކުރިން އެ މިސްކިތް ހުޅުވޭނެކަމުގެ ޔަޤީންކަން އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ދެއްވައިފިއެވެ. ސޯޝަލް މީޑިއާ މެދުވެރިކުރައްވައި މިނިސްޓަރ ހާމަކުރެއްވި ގޮތުގައި، މިސްކިތުގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އަމާޒަކީ ރަމަޟާން މަހު އެ މިސްކިތުގައި ޖަމާޢަތުގައި ނަމާދުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމެވެ.

ޖުމްލަ 1400 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެހެން ތިން ބުރިއަށް އިމާރާތްކުރާ މި މިސްކިތަކީ އަމިއްލަ ފަރާތަކާ ހަވާލުކޮށްގެން ބިނާކުރަމުންދާ ތަނެކެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި މިނިސްޓްރީން ސޮއިކޮށްފައިވަނީ ފާއިތުވި އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ. މިސްކިތުގެ މަސައްކަތް ނިމިގެންދާއިރު މިއީ މާލޭގެ ރައްޔިތުންނަށް، ޚާއްޞަކޮށް އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައަކަށް ވެގެންދާނެއެވެ.

ސަރުކާރުން ގެންދަވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިސްކިތްތައް ބިނާކޮށް، ނަމާދުކުރާނެ ޖާގަ ތަނަވަސްކޮށްދިނުމަށް ޚާއްޞަ އިސްކަމެއް ދީގެން މަސައްކަތްކުރަމުންނެވެ. އެގޮތުން ހިނގަމުންމިދާ އަހަރުގެ ތެރޭގައިވެސް ގިނަ މިސްކިތްތަކެއްގެ މަސައްކަތް ނިންމައި ހުޅުވުމަށް ސަރުކާރުން ވަނީ ރާާވާފައެވެ. ބަރުބަރީ މިސްކިތް ހުޅުވުމަކީ މި ސިޔާސަތުގެ ދަށުން ހާސިލުކުރެވޭ މުހިންމު ލަނޑުދަނޑިއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.