ޕްރައިމަރީ ގަވައިދާ ހިލާފު ކަމަށް ބުނެ އާޒިމް ބޮޑެތި ޝަކުވާތަކެއް

ޕްރައިމަރީ ގަވައިދާ ހިލާފު ކަމަށް ބުނެ އާޒިމް ބޮޑެތި ޝަކުވާތަކެއް

Author
ޙަސަން މުޙައްމަދު
23 ޑިސެމްބަރ 2025 05:12
0

އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީ ޓިކެޓްގައި މާލޭ މޭޔަރު ކަމަށް ކުރިމަތިލައްވާ މެދު ހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމް، ޕްރައިމަރީ އިންތިޒާމު ކޮށްފައިވަނީ ގަވައިދާ ހިލާފަށް ކަމަށް ބުނެ އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުގެ ރައީސް އަހްމަދު އަބްދުﷲ އަފީފަށް ޝަކުވާތަކެއް ހުށަހަޅުއްވައިފިއެވެ.

އާޒިމް ފޮނުއްވި ސިޓީގައި ވަނީ ޑިސެންބަރު 16 ގައި ބާއްވާ ޕްރައިމަރީގައި ވޯޓްލެވޭ މެންބަރުންގެ ދަފްތަރު އާންމުކުރުމުގައި ކަންހިނގާފައިވާ ގޮތާއި، އިދާރީ ގޮތުން އިންތިހާބާ ބެހޭ ގުނަންތައް ހަރަކާތްތެރިވަމުން އަންނަ ގޮތުން އިންތިހާބީ ހައްގުތަކަށް އުނިކަން އަންނަ ކަންތައްތަކެއް ހިނގަމުންދާ ކަމަށެވެ. އޭނާ ފާހަގަކުރެއްވި އެއް ކަމަކީ ޕްރައިމަރީގައި ވޯޓްލެވޭ މެންބަރުންގެ ދަފްތަރު ޕްރައިމަރީގެ ކުރީ ތާރީހަކަށް ބަންދުކުރެވޭގޮތަށް އާންމުކޮށްފައިވާއިރު، އެއީ އެމްޑީޕީގެ އިންތިހާބާ ބެހޭ ގަވާއިދު ތަންނުދޭ ކަމެއް ކަމަށެވެ.

އިންތިހާބާ ބެހޭ ގަވާއިދަށް ގެނެސްފައިވާ ބަދަލުތައް ގައުމީ މަޖިލީހަށް ނުގެނެސް ކުއްލިއަކަށް ބަދަލުކޮށްފައިވަނީ އަސާސީ ގަވާއިދާ ހިލާފަށް ކަމަށްވެސް އާޒިމް ވިދާޅުވިއެވެ. އަދި ޕްރައިމަރީ ބަލަހައްޓާ އިންތިހާބާ ބެހޭ ކޮމިޓީގައި މަސްލަހަތު ފުށުއަރާ މެންބަރުން ހިމެނޭ ކަމަށާއި، ކޮމިޓީގެ މުގައްރިރު މުހައްމަދު ފަލާހް އޭނާއަށް ތާއީދު ހޯދުމަށް މީހުންނަށް ގުޅަމުންދާ ކަމަށްވެސް ފާހަގަކުރެއްވިއެވެ.

ކޮމިޓީގެ ނައިބު މުގައްރިރު އިބްރާހިމް މުއިއްޒު ޕްރައިމަރީގެ ކަންކަން ހިންގުމަށް އިންނަނީ އާޒިމަށް ސޯޝަލް މީޑިއާގައި ކެމްޕޭން ކޮށްދީފައިވާ މީހަކަށްވާތީ، އަދި އެއީ އާޒިމްގެ މޭޔަރު ކަމުގައި މާލެ ސިޓީ ކައުންސިލްގެ ސުޕަވައިޒަރެއްގެ މަގާމަށް އައްޔަނުކުރި މީހަކަށްވާތީ، މަސްލަހަތު ފުށުއަރާ ކަމަށް އާޒިމް ފާހަގަކުރެއްވިއެވެ. މި މައްސަލަތައް ސީރިއަސްކޮށް ބަލައި އަވަސް ފަރުވާ ބޭނުންވާ ކަމަށް އޭނާގެ ސިޓީގައި ވިދާޅުވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.