ޕޮލިސް ސްޓޭޝަންތައް ހުޅުވުމުން ކުށްތަކަށް އަރައިގަންނަ މީހުންގެ ހިތްތަކަށް ބިރުވެރިކަން ވަންނާނެ: އިހުސާން

ޕޮލިސް ސްޓޭޝަންތައް ހުޅުވުމުން ކުށްތަކަށް އަރައިގަންނަ މީހުންގެ ހިތްތަކަށް ބިރުވެރިކަން ވަންނާނެ: އިހުސާން

Author
އަހުމަދު
12 ޑިސެމްބަރ 2025 11:21
0

ރ. މާކުރަތުގައި އަލަށް ގާއިމުކުރި ޕޮލިސް ސްޓޭޝަން މިއަދު ހުޅުވައިފި އެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ފުލުހުންގެ މަރުކަޒެއް ރަށުގައި ހުރުމުން ކުށްތަކަށް އަރައިގަންނަން ބޭނުންވާ މީހުންގެ ހިތްތަކަށް ބިރުވެރިކަން ވަންނާނެ ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މި މަރުކަޒުގެ ސަބަބުން ކުށުގެ މާހައުލުގައި އުޅޭ މީހުން އެ ވެށިން ދުރުކުރުމަށް ފުލުހުންނަށް ގާތުން މަސައްކަތް ކުރެވޭނެ ކަމަށެވެ. އަދި ރައްޔިތުންނަށް ބޭނުންވާ ކޮންމެ ވަގުތެއްގައި ފުލުހުންގެ ހިދުމަތް އަވަހަށް ލިބޭނެ އިންތިޒާމު މިހާރު ހަމަޖެހިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.