ޖުވާކުޅުން ޖިނާއީ ކުށަކަށް ހެދުމަށް ބިލެއް މަޖިލީހަށް ފޮނުއްވައިފި

ޖުވާކުޅުން ޖިނާއީ ކުށަކަށް ހެދުމަށް ބިލެއް މަޖިލީހަށް ފޮނުއްވައިފި

Author
އަހުމަދު
10 ޑިސެމްބަރ 2025 04:12
0

ރާއްޖޭގައި ޖުވާކުޅުމާއި ޖުވާ ކުޅޭ ތަނެއް ހިންގުން ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ޤާނޫނުލް ޢުގޫބާތަށް އިސްލާޙު ގެނައުމުގެ ބިލެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ. މިކަން ރައީސް ހާމަކުރެއްވީ އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރާއްޖޭގައި ބައިނަލްއަޤްވާމީ އެޕްލިކޭޝަންތައް މެދުވެރިކޮށް ގިނަ އަދަދެއްގެ ރައްޔިތުން އޮންލައިން ޖުވާ ކުޅެމުންދާތީ އާއިލާތަކަށާއި އިޤްތިޞާދަށް ލިބެމުންދާ ބޮޑެތި ގެއްލުންތަކަށް ހައްލެއް ހޯދުމުގެ ގޮތުން އަޅުއްވާފައިވާ މުހިންމު ފިޔަވަޅެއްގެ ގޮތުގައި މި ބިލު ފެންނަމުންދެއެވެ.

މި އިސްލާޙުތަކުގެ ސަބަބުން ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަންތަން ހިންގުމަށް ދޭ އަދަބު ހަރުކަށިވެގެން، ދިވެހި މުޖުތަމަޢުގެ އަޚްލާޤީ މިންގަނޑު ރައްކާތެރިކުރެވޭނެ ކަމަށް ބެލެވެއެވެ. މި ބިލު ފާސްވެ ޤާނޫނަކަށް ވެއްޖެނަމަ، ޖުވާ ކުޅޭ ފަރާތްތަކާއި ޖުވާ ކުޅޭ ތަންތަން ހިންގާ ފަރާތްތަކަށް ޤާނޫނީ ގޮތުން ބޮޑެތި އަދަބުތަކެއް ދެވޭނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.