ގައްދޫ ހޮސްޕިޓަލްގެ އައު އިމާރާތުގެ މަސައްކަތް ފަށައިފި

ގައްދޫ ހޮސްޕިޓަލްގެ އައު އިމާރާތުގެ މަސައްކަތް ފަށައިފި

Author
އަހުމަދު
06 ޑިސެމްބަރ 2025 08:26
0

ގދ. ގައްދޫ ހޮސްޕިޓަލްގެ އައު އިމާރާތް އެޅުމުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު އިއްޔެ ބޭއްވިއިރު، މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ހެލްތު، އޮނަރަބަލް ޢަބްދުﷲ ނާޒިމް އިބްރާހީމެވެ. މި ރަސްމިއްޔާތުގައި ގައްދޫ ދާއިރާގެ މަޖްލިސް މެންބަރު މުޙައްމަދު ޢަލީއާއި، އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، މުޙައްމަދު ޖަމްޝީދު ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ގައްދޫ ކައުންސިލް މެންބަރުންނާއި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްޓީސީސީއާ ހަވާލުކޮށްފައިވާ މި މަޝްރޫޢަކީ 101.70 މިލިއަން ރުފިޔާގެ ބޮޑު މަޝްރޫޢެއް ކަމަށްވާއިރު، 600 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާލަން ހަމަޖެހިފައިވެއެވެ. މި މަޝްރޫޢުގެ ދަށުން ތިން ބްލޮކެއް އަޅާނެއެވެ. އޭގެ ތެރޭގައި 30 އެނދުގެ ސިއްޙީ ހިދުމަތްދޭ ބްލޮކެއް، އެހެނިހެން ޙިދުމަތްދޭ ބްލޮކެއް، އަދި އެކޮމޮޑޭޝަން ބްލޮކެއް ހިމެނެއެވެ.

2700 މީހުންގެ އާބާދީއެއް އޮންނަ ގައްދޫގައި މިހާރު ހުންނަނީ ސިއްޙީ މަރުކަޒެކެވެ. މި ހޮސްޕިޓަލްގެ އައު އިމާރާތް ނިމުމާއެކު، ގައްދޫ ރައްޔިތުންނަށް އަމިއްލަ ރަށުގައި ތިބެގެން ގިނަ ބަލިތަކަށް ފަރުވާ ހޯދުމުގެ ފުރުޞަތު ފަހިވެ، ބޮޑު ލުއިފަސޭހަކަށް މި މަޝްރޫޢު ވެގެންދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.