އިސްލާމީ ވުޒާރާގެ މީޑިއާ މައުރަޒު 2025 ފަށައިފި

އިސްލާމީ ވުޒާރާގެ މީޑިއާ މައުރަޒު 2025 ފަށައިފި

Author
އަހުމަދު
05 ޑިސެމްބަރ 2025 09:15
0

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ މީޑިއާ މައުރަޒު 2025 މިއަދު ހަވީރު ރަސްމީކޮށް ފަށައިފިއެވެ. އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި މީޑިއާ މައުރަޒު ހުޅުވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުﷲއެވެ. މި ރަސްމިއްޔާތުގައި ރައީސް އޮފީހުގެ ސްޓްރެޓީޖިކް ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހިމް ޙަލީލްއާއި އިސްލާމީ ވުޒާރާގެ އިސްވެރިންވެސް ބައިވެރިވެލައްވާފައިވެއެވެ.

އިސްލާމީ ވުޒާރާގެ އިސްލާމިކް ސްޓޫޑިއޯއިން އިސްނަގައިގެން ކުރިއަށް ގެންދާ މި މައުރަޒަކީ ވުޒާރާގެ ސެކްޝަންތަކުން ކުރާ މަސައްކަތްތަކާއި މަޝްރޫޢުތަކުގެ މަޢުލޫމާތު އާއްމުންނާއި މީޑިއާތަކަށް ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ ޕްރޮގުރާމެކެވެ. މި މައުރަޒުގައި ކުޑަކުދިންނަށް ޚާއްސަކޮށްގެން ތަފާތު ހަރަކާތްތައް ކުރިއަށް ގެންދާއިރު، މޮސްކު މެނޭޖްމެންޓް ސެކްޝަނުން މިމްބަރުގައި ޚުޠުބާ ކިޔުމުގެ ފުރުސަތު ތުއްތު ކުދިންނަށް ވަނީ ހުޅުވާލައިފައެވެ. މީގެ އިތުރުން ޒުވާން ޚަޠީބުން ތަމްރީން ޕްރޮގުރާމުގެ ފަސް ވަނަ ބުރުގައި ރަޖިސްޓްރީވުމުގެ ފުރުސަތާއި ޝައިޚުންނާ ސުވާލު ކުރުމުގެ ފުރުސަތުވެސް މި މައުރަޒުގައި ލިބޭނެއެވެ.

މިއަދު ހަވީރު 4:00 އިން 6:00 އަށް ކުރިއަށްދިޔަ މައުރަޒު މާދަމާ މެންދުރު 10:00 އިން ހަވީރު 6:00 އާ ހަމައަށް ކުރިއަށް ގެންދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.