ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން، ބަންގްލަދޭޝް ޕޮލިހުންގެ އިންސްޕެކްޓަރ ޖެނެރަލް ބަހާރުލް އަލަމްއާ ބައްދަލުކުރައްވައި، ދެ ގައުމުގެ ފުލުހުންގެ އިދާރާ ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީ މަސައްކަތްތެރިންގެ ފަރާތުން ފެންނަ ކުށްތައް މަދުކުރުމާއި، އެފަދަ މައްސަލަތައް ހައްލުކުރުމުގައި ދެ ގައުމު ގުޅިގެން މަސައްކަތްކުރުމާ ބެހޭގޮތުން ވާހަކަދެކެވުނެވެ. މީގެ އިތުރުން ބަންގްލަދޭޝް ޕޮލިސް އެކަޑަމީ މެދުވެރިކޮށް ދިވެހި ފުލުހުން ތަމްރީނުކުރުމާއި، ގުދުރަތީ ކާރިސާތަކާއި ކުއްލި ހާލަތްތަކުގައި މަސައްކަތްކުރުމުގެ ތަޖުރިބާ ހިއްސާކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާކުރެވުނެވެ.
ކޮމެންޓު ފޮނުވާ