މޫސުން ގޯސްވާތީ ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި ކަނޑުދަތުރު ނުކުރުމަށް އެމްއެންޑީއެފުން އިލްތިމާސް ކޮށްފި

މޫސުން ގޯސްވާތީ ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި ކަނޑުދަތުރު ނުކުރުމަށް އެމްއެންޑީއެފުން އިލްތިމާސް ކޮށްފި

Author
އަހުމަދު
25 ނޮވެމްބަރ 2025 11:29
0

ކުރިއަށް އޮތް ދުވަސްތަކުގައި މޫސުން ގޯސްވެ، ވައިބާރުވެ ކަނޑުތައް ގަދަވާނެކަމަށް މެޓުން ލަފާކޮށްފައިވާތީ، ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށް ޤައުމީ ސަލާމަތީ ބާރު، އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ.

މުޅިރާއްޖެއަށް މޫސުން ގޯސްވާނެކަމަށް މެޓުން ލަފާކޮށްފައިވާތީ، ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވަނިކޮށް ދަތުރު ނުކުރުމަށް ހާއްސަކޮށް އެދިފައިވެއެވެ. ޑައިވިން އަދި ވޯޓާ ސްޕޯޓްސްގެ ހިދުމަތްދޭ ފަރާތްތަކުންވެސް މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފުން އެދެއެވެ.

ދަތުރުކުރާ އުޅަނދުތަކުން ލައިފް ޖެކެޓާއި މުވާސަލާތީ ނިޒާމު ރަނގަޅަށް ހުރިތޯ ޗެކްކުރުމާއި، އުޅަނދަށް މާބޮޑަށް މުދާ އަރުވައި އުޅަނދު ބަރު ނުކުރުމަށްވެސް އެމްއެންޑީއެފުން އިލްތިމާސްކޮށްފައިވެއެވެ. އަދި ދަތުރު ފެށުމުގެ ކުރިން ދިޔަހިއްކާ ޕަންޕުފަދަ ތަކެތި ރަނގަޅަށް މަސައްކަތް ކުރޭތޯ ކަށަވަރުކުރުމަށްވެސް ވަނީ އެދިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.