ޔުމްނުއަށް އިންސާފު ހޯދަން ގޮވާލި މުޒާހަރާގައި ބައިވެރިވި ދެ ޒުވާނުންގެ މައްޗަށް ކުރި ދައުވާތައް އަނބުރާ ގެނެސްފި

ޔުމްނުއަށް އިންސާފު ހޯދަން ގޮވާލި މުޒާހަރާގައި ބައިވެރިވި ދެ ޒުވާނުންގެ މައްޗަށް ކުރި ދައުވާތައް އަނބުރާ ގެނެސްފި

Author
ޙަސަން މުޙައްމަދު
25 ނޮވެމްބަރ 2025 10:57
0

ޔުމްނު ރަޝީދު ފުރާޅު މައްޗަށް ވެއްޓުނު ހާދިސާގެ އިންސާފު ހޯދުމަށް މާލޭގައި ކުރި މުޒާހަރާތަކުގައި ބައިވެރިވި އަބްދުއްﷲ މަހުޒޫމް މާޖިދު އާއި އައިޝަތު ޝިމަންގެ މައްޗަށް ކުރި ޖިނާއީ ދައުވާތައް ޕީޖީ އޮފީހުން އަނބުރާ ގެންދިއުމަށް ނިންމައިފިއެވެ.

މި އަހަރުގެ ޖޫން މަހު އެ ދެ ޒުވާނުންގެ މައްޗަށް ގާނޫނު ތަންފީޒު ކުރާ މުވައްޒަފުންގެ މަސައްކަތަށް ގަސްދުގައި ހުރަސްއަޅައި، އެ މަސައްކަތަކަށް ހުރަސްއަޅާފައިވާ ކަމަށް ބުނެ ދައުވާ އުފުލާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައި ވެއެވެ. ގާނޫނުލްއުގޫބާތުގެ ދަށުން އެ ދައުވާތައް ކުރިއަށް ދިޔަނަމަ، ދިހަކަށް އަހަރުގެ ޖަލު ހުކުމެއް ލިބިދާނެކަމަށް ބެލެވުނެވެ.

ނަމަވެސް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ވިދާޅުވީ، މަހުޒޫމް އާއި ޝިމަންގެ ކުށުގެ ރިކޯޑެއް ނެތުމާއި، އެ މީހުންގެ ފަރާތުން އެއްވެސް މީހަކަށް ނުވަތަ މުދަލަކަށް ގެއްލުމެއް ވެފައި ނުވާތީ ދައުވާ އަނބުރާ ގެންދަން ނިންމާފައިވާ ކަމަށެވެ. މައްސަލައިގެ އެންމެހައި ކަންތައްތަކަށް ރިއާޔަތްކޮށް، މި ދައުވާތައް އިތުރަށް ކުރިއަށް ނުގެންދިއުމަށް ނިންމީ ޤާނޫނީ އަދަބުތަކަށް ވެސް ބަލާފައިކަން ޕީޖީ އޮފީހުން ފާހަގަކުރެއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.