އަންނަ އަހަރު މާލެއާއި އަތޮޅުތެރޭގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ގޭބިސީގެ އާމްދަނީ އާއި ޚަރަދުކުރުން ހުރިގޮތް ދެނެގަތުމުގެ ސާވޭއަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން 20 އެނިއުމަރޭޓަރުން ހޯދަން އިއުލާންކޮށްފިއެވެ.
މި މަސައްކަތަށް އެދޭ މީހުން އުމުރުން 18 އަހަރާއި 45 އަހަރާ ދެމެދުގެ ފަރާތްތަކަށް ވާންޖެހޭއިރު، ޖީސީއީ އޯ ލެވަލް ފެންވަރުގެ ތަޢުލީމު ހާސިލްކޮށްފައިވާން ޖެހެއެވެ. ބޯހިމެނުމުގެ ތަޖުރިބާ ނުވަތަ މި ފަދަ ސާވޭ ތަކުގައި ބައިވެރިވެފައިވާ މީހުންނަށާއި އަތޮޅުތެރެއަށް ދަތުރުކޮށްގެން މަސައްކަތް ކުރެވޭ ފަރާތްތަކަށް އިސްކަންދޭނެ ކަމަށް އެ އިދާރާއިން ބުނެއެވެ.
ހޮވޭ މީހުންނަށް ފަސް ދުވަހުގެ ތަމްރީނެއް ދިނުމަށް ހަމަޖެހިފައިވާއިރު، ތަމްރީން ދުވަހަކަށް 150 ރުފިޔާއާއި ފީލްڑް މަސައްކަތް ދުވަހަކަށް 500 ރުފިޔާ ލިބޭނެއެވެ. މީގެ އިތުރުން ކެއުމުގެ އެލަވަންސްގެ ގޮތުގައި 300 ރުފިޔާއާއި ފޯން އެލަވަންސްގެ ގޮތުގައި ދުވާލަކަށް 30 ރުފިޔާވެސް ލިބޭނެއެވެ.
މި މަސައްކަތަށް އެދޭ ފަރާތްތަކުން އޮންލައިން އެޕްލިކޭޝަން ފޯމް ފުރިހަމަކޮށް މި މަހުގެ 27 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 2:00 ގެ ކުރިން ހުށަހަޅަންޖެހެއެވެ. މި ސާވޭއާ ގުޅޭ އިތުރު މަޢުލޫމާތު 3008400 ނުވަތަ 3008408 އިން ލިބެން ހުންނާނެއެވެ.
ކޮމެންޓު ފޮނުވާ