އަލީ އާޒިމް މާލޭ މޭޔަރު ކަމަށް ކެމްޕެއިން ފަށައިފި

އަލީ އާޒިމް މާލޭ މޭޔަރު ކަމަށް ކެމްޕެއިން ފަށައިފި

Author
ޙަސަން މުޙައްމަދު
21 ނޮވެމްބަރ 2025 06:35
0

އެމްޑީޕީގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރުމަށް އަލީ އާޒިމްގެ ކެމްޕެއިން ރޭ ފަށައިފި އެވެ. "ގަދަކޮށް" ގެ ނަމުގައި އާޓިފިޝަލް ބީޗުގައި ބޭއްވި ހަރަކާތުގައި އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރުންނާއި އާއްމުން ބައިވެރިވި އެވެ.

ޖަލްސާގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ ސަރުކާރު ޒިންމާދާރުކުރުމަށް މޭޔަރު ކަމަށް ވާދަކުރައްވާ ކަމަށާއި އެމްޑީޕީގެ ތާއީދާއެކު އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށެވެ. މެދު ހެންވޭރު ދާއިރާގެ ތިން ދައުރު މެމްބަރުކަން ކުރެއްވި އޭނާ ވަނީ އެމްޑީޕީ އުސޫލުތަކާއި ހަމަތަކުން ދުރަށް ދާން ފެށުމުން ޕާޓީއަށް ތާއީދުކުރާ މީހުން ދުރުވި ކަމަށް ވިދާޅުވެފަ އެވެ. އޭނާ ވަނީ ހިޔާލު ތަފާތުވުންތަކާ ހެދި އެމްޑީޕީން ވަކިވެ ޑިމޮކްރެޓްސްއާ ގުޅިވަޑައިގެން، މި އަހަރުގެ ކުރީކޮޅު އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ.

އާޒިމް ވަނީ މިހާރުގެ މޭޔަރު އާދަމް އާޒިމަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ މާލޭ މީހުންނަށް ހައްގު މިންވަރަކީ ކާނު ސާފުކުރުމާއި ގަހެއް އިންދުމަށް ވުރެ ބޮޑު ކަމެއް ކަމަށާއި ތާހިރު ދިރިއުޅުމެއް އުޅެވޭނެ ގޮތް ހަދައިދީ، ރީތި މާހައުލެއް ގާއިމްކޮށްދިނުމާއި ދަރިންނަށް އުފާވެރި އާއިލާއެއް ބިނާކުރެވޭނެ ގޮތް ހަދައިދިނުމަކީ މާލޭ ސިޓީ ކައުންސިލްގެ ޒިންމާތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.