ގައްދޫގައި 30 އެނދުގެ ހޮސްޕިޓަލް އިމާރާތެއް އެޅުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

ގައްދޫގައި 30 އެނދުގެ ހޮސްޕިޓަލް އިމާރާތެއް އެޅުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

Author
ހުސައިން
09 ނޮވެމްބަރ 2025 08:34
0

ގދ. ގައްދޫގައި ޒަމާނީ ފެންވަރުގެ 30 އެނދުގެ ދެ ބުރީގެ ހޮސްޕިޓަލް އިމާރާތެއް އެޅުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ. ސިއްހީ ވުޒާރާގައި ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުމުގައި ސޮއިކުރެއްވީ ސިއްހީ ވުޒާރާގެ ސްޓޭޓް ވަޒީރު އަހުމަދު ގާސިމާއި، އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު، ރިޓަޔާޑް ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަހްމަދު ސައުދީއެވެ.

މި މަޝްރޫޢުގެ ދަށުން ހޮސްޕިޓަލް އިމާރާތާއެކު، ސާވިސް ބިލްޑިންއަކާއި، ދެ ބުރީގެ އެކަމަޑޭޝަން ބްލޮކެއް ވެސް އަޅަންޖެހެއެވެ. މީގެ އިތުރުން އައިސޮލޭޝަން ފެސިލިޓީއާއި، ފްލޫ ކްލިނިކް، އަދި އެކްސްރޭ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ އިންތިޒާމުތައް ވެސް މި މަޝްރޫޢުން ހަމަޖައްސަވައިދެވޭނެއެވެ. ސިއްހީ ވުޒާރާއިން ބުނެފައިވާ ގޮތުގައި މި ހޮސްޕިޓަލް ވާނީ ޒަމާނީ ފެންވަރަކަށް ތަރައްގީކުރެވޭ، ޖާގަ ތަނަވަސް ހޮސްޕިޓަލް އިމާރާތަކަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.