ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް އާއްމުންގެ ހިޔާލު ހޯދަން ހުޅުވާ ނުލުމަށް ނިންމައިފި

ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް އާއްމުންގެ ހިޔާލު ހޯދަން ހުޅުވާ ނުލުމަށް ނިންމައިފި

ގުޅުންހުރި

ދެމެހެއްޓެނިވި ޓައުންޝިޕްތަކެއް ތަރައްގީ ކުރުމުގެ ރުފުސަތު ދިނުމަށް ސްޕެޝަލް އިކޮނޮމިކް ޒޯންގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅި ބިލް އާއްމުންގެ ހިޔާލަށް ހުޅުވައިނުލަން މުޅި މަޖިލީހުގެ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

މަޖިލީހަށް ހުށަހަޅާ ކޮންމެ ބިލެއް ވެސް އާއްމުންގެ ހިޔާލަށް ހުޅުވާލުމަކީ އާންމު އުސޫލެއް ކަމުގައިވިޔަސް، މި ބިލަށް އާއްމުންގެ ހިޔާލު ހޯދުމާއި، އަންނަ ފެބްރުއަރީ އެއްވަނަ ދުވަހަށް ބިލްގެ މަސައްކަތް ނިންމުމަށް އިދިކޮޅު އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ހުށަހެޅުއްވި ހުށަހެޅުން ވަނީ މަޖިލިހުގެ ތަޅުމުން ބޭރުވެފައެވެ. އެހެންނަމަވެސް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް މި ހުށަހެޅުމަށް ތާއީދު ކުރެއްވިއެވެ.

ކޮމިޓީ ބައްދަލުވުމުގައި ތިއްބެވި 63 މެންބަރުންގެ ތެރެއިން މި ހުށަހެޅުން ފާސްކުރަން ވޯޓު ދެއްވީ އެމްޑީޕީގެ ނުވަ މެންބަރުން އެކަންޏެވެ. 53 މެންބަރުން މި ހުށަހެޅުމާ ދެކޮޅު ހެދިއެވެ. އިދިކޮޅުން އިތުރަށް ހުށަހެޅުއްވި، ޓޫރިޒަމް މިނިސްޓްރީ، ފިނޭންސް މިނިސްޓްރީ، އިކޮނޮމިކް މިނިސްޓްރީ އަދި މޯލްޑިވްސް ޓޫރިޒަމް އިންޑަސްޓްރީގެ ބޭފުޅުން ކޮމިޓީއަށް ހާޒިރުކޮށް ހިޔާލު ހޯދުމަށް ހުށަހެޅި ހުށަހެޅުން ވެސް ވަނީ ބޭރުވެފައެވެ.

ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ހުށަހެޅުއްވި މި ބިލް މުޅި މަޖިލީހުގެ ކޮމިޓީން މިއަދު ފާސްކޮށް، ސަސްޓެއިނަބަލް ޓައުންޝިޕް ތަރައްގީކުރުމާ ގުޅޭގޮތުން ގާނޫނަށް އިތުރު ބާބެއް ހިމަނައިފިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ