ގުރައިދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ސަސްޕެންޑް ކުރަން ޖޭއެސްސީން ނިންމައިފި

ގުރައިދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ސަސްޕެންޑް ކުރަން ޖޭއެސްސީން ނިންމައިފި

Author
ހުސައިން
23 އޮކްޓޯބަރ 2025 10:20
0

ކ. ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ފަތުހުﷲ ޖަމީލް މޫސާ ސަސްޕެންޑް ކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަނުން ނިންމައިފިއެވެ. އޭނާއާ ގުޅޭ ގޮތުން ހުށަހެޅި މައްސަލައެއް ބަލައި ދިރާސާކުރުމަށްފަހު ޖޭއެސްސީން މިގޮތަށް ނިންމީ ނަމަވެސް، އެއީ ކޮން މައްސަލައެއްކަން ކޮމިޝަނުން ހާމައެއް ނުކުރެއެވެ.

ސަސްޕެންޝަންގެ މުއްދަތުގައި ފަތުހުﷲ އަށް މުސާރަ ނުލިބޭނެ ކަމަށް ޖޭއެސްސީން ބުނެފައިވެއެވެ. މީގެކުރިން 2023 ވަނަ އަހަރު ޖިނާއީ އިޖުރާތުގެ ގާނޫނާ ހިލާފުވެފައިވާކަމަށް ބުނެ އޭނާގެ މައްޗަށް ސުލޫކީ މައްސަލައެއް ހުށަހެޅި ނަމަވެސް، ޖޭއެސްސީން އެ މައްސަލަ ނުބެލުމަށް ނިންމައިފައިވެއެވެ. އެއީ އެ މައްސަލައިގައި ގާނޫނާ ޚިލާފުވެފައިވާކަމަށް ނުބެލެވޭތީ ކަމަށް އޭރު ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.