ރާއްޖޭގެ ފަސް ސަރަހައްދެއްގައި ވަގުފު އިމާރާތްތަކެއް އަޅައި، އިސްލާމީ ޚިދުމަތްތަކަށް މާލީ ނިޒާމެއް ގާއިމުކުރުމަށް ސަރުކާރުން ނިންމައިފިއެވެ. އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ރައީސް ޑރ. މުއިއްޒު އިއުލާންކުރެއްވި ވަގުފު ނިޒާމް ފުޅާކުރުމުގެ ސިޔާސަތުގެ ދަށުން މި މަޝްރޫޢު ހިންގާނެ ކަމަށެވެ.
އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީ، ކުޅުދުއްފުށި ސިޓީ އަދި ގއ. ވިލިނގިލީގައި މި މަޝްރޫޢުތައް ހިންގުމަށް މުޅި 68 މިލިއަން ރުފިޔާ އިންވެސްޓް ކުރާނެއެވެ. އައްޑޫ ސިޓީއަށް 23 މިލިއަން ރުފިޔާ، ފުވައްމުލައް ސިޓީއަށް 15 މިލިއަން ރުފިޔާ އަދި އެހެން ތިން ސަރަހައްދަކަށް ތަނެއްގެ މިންވަރަކަށް 10 މިލިއަން ރުފިޔާ ޚަރަދުކުރާނެއެވެ.
މި ޕްރޮޕަޓީތަކުން ލިބޭ އާމްދަނީ ޚަރަދުކުރާނީ އެ ސަރަހައްދުތަކުގެ އިސްލާމީ ކަންކަމަށް ކަމަށާއި، މިސްކިތްތަކަށް އަދި ޤުރުއާން ތަޢުލީމު ފަތުރުމަށް މަސައްކަތްތައް ކުރެވޭނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ