ކަނޑިތީމު މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫއު އާރުޑީސީއަށް

ކަނޑިތީމު މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫއު އާރުޑީސީއަށް

Author
ޙަސަން މުޙައްމަދު
13 އޮކްޓޯބަރ 2025 03:13
0

ށ. ކަނޑިތީމު މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫއު މިއަދު ވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްފައެވެ. މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބޭއްވުނީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ހަސަން ރަޝީދު އެވެ. އަދި އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމް އެވެ.

ކަނޑިތީމުގެ މަގުތައް ތަރައްޤީކުރުމުގެ މަޝްރޫއަކީ ސަރުކާރުން ރާއްޖޭގެ ރަށްރަށުގެ މަގުތައް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫއުތަކުގެ ތެރެއިން އެއް މަޝްރޫއެވެ. މި މަޝްރޫއުގެ ދަށުން ކަނޑިތީމުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، ފެންހިންދާ ނިޒާމު ޤާއިމްކުރެވިގެންދާނެއެވެ.

މި މަޝްރޫއުގެ ސަބަބުން ކަނޑިތީމު ރައްޔިތުންނަށް ލިބިގެންދާނެ ފަސޭހަތަކުގެ ތެރޭގައި ވާރޭވެހޭ މޫސުމުގައި މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލަ ހައްލުވެ، ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ތަހުޒީބީ ފެންވަރެއްގެ ޚިދުމަތެއް ލިބިގެންދާނެއެވެ.

އާރުޑީސީން މިހާތަނަށް ވަނީ ރާއްޖޭގެ ގިނަ ރަށްރަށެއްގެ މަގު ހެދުމުގެ މަޝްރޫއުތައް ކާމިޔާބުކަމާއެކު ނިންމާފައެވެ. އަދި މި މަޝްރޫއުވެސް އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންގޮސް ނިންމުމަށް އެ ކުންފުނިން ވަނީ އެއްބަސްވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.