ރަސްދޫއަށް ދަތުރުކުރި ޑައިވިން ދޯންޏެއް އަޑިއަށް ގޮސް ބައިތައް އޮޔާދަނީ

ރަސްދޫއަށް ދަތުރުކުރި ޑައިވިން ދޯންޏެއް އަޑިއަށް ގޮސް ބައިތައް އޮޔާދަނީ

Author
ހުސައިން
12 އޮކްޓޯބަރ 2025 04:03
0

އަލިހުރަސް ކަނޑުން 12 ނޯޓިކަލް މޭލު އިރުމައްޗަށް، އއ. ރަސްދޫއަށް ދަތުރުކުރަމުން ދިޔަ "ސްކޫބާ" ނަމަކަށް ކިޔާ ޑައިވިން ދޯންޏެއް އަޑިއަށް ގޮސްފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ. މި ހާދިސާގައި ދޯނީގައި ތިބި މީހުން ސަފާރީއަކަށް ނަގާފައިވާއިރު، އެމީހުންގެ ހާލު ރަނގަޅު ކަމަށް ސިފައިންގެ މީޑިއާ ޓީމުން މައުލޫމާތުދެ އެވެ.

އަޑިއަށް ގޮސްފައިވާ ދޯނީގެ ބައިތަކާއި ތަކެތި އޮޔާދަނީ ރަސްދޫ އިރުމައްޗަށް ވާ ގޮތަށް ކަމަށްވާތީ، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފް އިން އިލްތިމާސްކޮށްފައިވެއެވެ. ހާއްސަކޮށް ރޭގަނޑު ދަތުރުކުރާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދޭން ސިފައިން ވަނީ އެދިފަ އެވެ.

މީގެ އިތުރުން މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވެ، ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގައި ވައިޖެހި، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ހުދު ސަމާލު ނެރެފައިވެ އެވެ. އޮކްޓޯބަރު 17 ގެ ނިޔަލަށް ރާއްޖެއަށް މޫސުން ގޯސްވެ، ވިއްސާރަވެ ކަނޑުގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ލަފާކުރެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.