ސަރުކާރުގެ ޚަރަދުގައި ޙައްޖަށް ދިއުމަށް ފުރުސަތު ލިބުނު ފަރާތްތަކުގެ ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފި

ސަރުކާރުގެ ޚަރަދުގައި ޙައްޖަށް ދިއުމަށް ފުރުސަތު ލިބުނު ފަރާތްތަކުގެ ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފި

Author
ޙަސަން މުޙައްމަދު
12 އޮކްޓޯބަރ 2025 08:41
0

ސަރުކާރުގެ ޚަރަދުގައި 1447 ވަނަ އަހަރު ޙައްޖުގެ މަތިވެރި އަޅުކަމަށް ގެންދިއުމަށް ގުރުއަތުން ހޮވުނު ފަރާތްތަކުގެ ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީން މިއަދު ހުޅުވާލައިފިއެވެ.

މިނިސްޓްރީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މަހުގެ 9 ވަނަ ދުވަހު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި ބޭއްވުނު ގުރުއަތުލުމުގައި ސަރުކާރުގެ ޚަރަދުގައި ޙައްޖަށް ދިއުމަށް 50 މީހުން ވަނީ ހޮވިފައެވެ. މީގެ އިތުރުން، އެކިއެކި ސަބަބުތަކާ ހުރެ ނުދެވިއްޖެ ހާލަތެއްގައި ދާނެ ފަރާތްތަކުގެ ގޮތުގައި އިތުރު 25 މީހުން ވަނީ ހޮވާފައެވެ.

ގުރުއަތުން ހޮވުނު ފަރާތްތަކުގެ ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު މި މަހުގެ 12 ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް ހުޅުވާލެވިފައިވާއިރު، ޝަކުވާ ހުށައަޅަން ބޭނުންވާ ފަރާތްތަކުން [email protected] އަށް މެއިލް ކުރުމަށް ވުޒާރާއިން ވަނީ އަންގަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެއްގެ ގޮތުގައި ހިމެނޭ، ރިޔާސީ ދައުރުގެ ތެރޭގައި 1000 ފަގީރުން ޙައްޖަށް ފޮނުވުމުގެ ޕްރޮގްރާމްގެ ދަށުން، އެންމެ ފުރަތަމަ ފަގީރުން ޙައްޖަށް ފޮނުވަން ފެށީ 1445 ވަނަ އަހަރުއެވެ. އަދި 2025 ވަނަ އަހަރުގެ ޙައްޖު މޫސުމުގައިވެސް 50 ފަގީރުން ވަނީ ޙައްޖަށް ފޮނުވާފައެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވެފައިވާ ގޮތުގައި، ގުރުއަތުން ހޮވުނު ފަރާތްތަކުގެ ދާއިމީ ލިސްޓު އާންމު ކުރެވޭނީ ހުށައެޅޭ ޝަކުވާތައް ބެލުމަށްފަހުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.