ސަރުކާރުގެ ޚަރަދުގައި އަންނަ އަހަރު ޙައްޖަށް ފޮނުވާ 50 ޙައްޖުވެރިން ހޮވައިފި

ސަރުކާރުގެ ޚަރަދުގައި އަންނަ އަހަރު ޙައްޖަށް ފޮނުވާ 50 ޙައްޖުވެރިން ހޮވައިފި

Author
ހުސެއިން
09 އޮކްޓޯބަރ 2025 04:21
0

ސަރުކާރުގެ ޚަރަދުގައި އަންނަ އަހަރު ޙައްޖަށް ފޮނުވާ 50 ޙައްޖުވެރިން ހޮވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިޒުގެ ވަޢުދާ އެއްގޮތަށް، ސަރުކާރުގެ ޚަރަދުގައި 1447 ވަނަ ޙައްޖަށް ފޮނުވާ މީހުން މިއަހަރުވެސް ހޮވާފައިވަނީ ގުރުއަތުންނެވެ.

މިއަހަރު ޙައްޖަށް ފޮނުވާ ފަގީރުން ހޮވުމަށް މިއަދު އިސްލާމީ މަރުކަޒުގައި ބޭއްވި ހަފްލާގައި، ގުރުއަތު ނަގާފައިވަނީ 1447 ވަނަ އަހަރު ސަރުކާރުގެ އެހީގައި ޙައްޖަށް ފޮނުވާ 50 ފަގީރުންނާއި، އެއްވެސް ޙާލަތެއް ދިމާވެގެން މީހަކު އުނިވެއްޖެނަމަ، ފުރުޞަތުދޭނެ 25 މީހުންނެވެ.

ސަރުކާރުގެ ޚަރަދުގައި ޙައްޖަށް ދާނެ މީހުން ކަނޑައެޅުމަށް ގުރުއަތު ނަގާފައިވަނީ ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ފަޤީރުންގެ ދަފްތަރަށް ބަލައިގެންނެވެ. މި ދަފްތަރަކީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ޒަކާތު ހައުސްއިން ރިވިއުކޮށްފައިވާ ދަފްތަރެކެވެ.

ފަޤީރުންގެ ލިސްޓުގައި މިވަގުތު ފަރުޟު ޙައްޖު އަދާނުކޮށް ތިބީ 376 މީހުންނެވެ.

ރިޔާސީ ދައުރުގެ ތެރޭގައި ޖުމްލަ 1000 ފަގީރުން ޙައްޖަށް ފޮނުވުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއަޒުގެ ރިޔާސީ ވަޢުދެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.