އުތުރާއި މެދުރާއްޖެތެރެއަށް މޫސުން ގޯސްވާނެ: ގަޑިއަކު 50 މޭލަށް ވައިގަދަވުން އެކަށީގެންވޭ

އުތުރާއި މެދުރާއްޖެތެރެއަށް މޫސުން ގޯސްވާނެ: ގަޑިއަކު 50 މޭލަށް ވައިގަދަވުން އެކަށީގެންވޭ

Author
ހުސައިން
20 ޖުލައި 2025 10:12
0

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަ އިތުރަށް ގަދަވެ، އުތުރާއި މެދުރާއްޖެތެރެއަށް މޫސުން ގޯސްވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އިންޒާރު ދީފިއެވެ.

އެ އިދާރާއިން ބުނި ގޮތުގައި، ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރަމުން ދާނެއެވެ. މީގެ އިތުރުން ގުގުރުމާއެކު ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވެއެވެ.

އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކުގައި ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވެއެވެ. ވިލާގަނޑުތަކުގައި ވައިގެ ބާރުމިން އިތުރަށް ގަދަވެ، ގަޑިއަކު 45 މޭލާއި 50 މޭލާ ދެމެދަށް ވައި ގަދަވުން އެކަށީގެންވެއެވެ.

މޫސުން ގޯސްވުމާއެކު ކަނޑުތައް ގަދަވާނެ ކަމަށާއި، ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްރަށަށް އުދައިގެ އަސަރު ކުރާނެކަމަށް ވެސް އެ އިދާރާއިން ބުނެފައިވެއެވެ. މި ހާލަތުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އާންމުންނަށް އިލްތިމާސް ކޮށްފައިވެއެވެ.

ކަނޑު ދަތުރުކުރާ ފަރާތްތަކަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ގޮވާލާފައިވާއިރު، އާންމުކޮށް ހުރިހާ ރައްޔިތުން ވެސް މޫސުމަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުން ގެންދިއުމަށް އިލްތިމާސް ކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.