ވިލާގަނޑުގައި 50 މޭލަށް ވައި ގަދަވާނެ: އުތުރުން ފެށިގެން ދެކުނަށް ޔެލޯ އެލާޓް

ވިލާގަނޑުގައި 50 މޭލަށް ވައި ގަދަވާނެ: އުތުރުން ފެށިގެން ދެކުނަށް ޔެލޯ އެލާޓް

Author
ހުސައިން
18 ޖުލައި 2025 10:43
0

ރާއްޖޭގެ އުތުރުން ފެށިގެން މެދުތެރެ ސަރަހައްދުތަކަށް މިއަދު މެންދުރުފަހު ޔެލޯ އެލާޓެއް ނެރެފައިވާއިރު، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވެއެވެ.

މިއަދު މެންދުރުފަހު 1:30 އާއި ހަމަށް ނެރުނު މި އެލާޓް ފޯކަސްކޮށްފައިވަނީ ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށް ކަމަށާއި، މީގެ ތެރޭގައި މާލެ އަތޮޅު ވެސް ހިމެނޭ ކަމަށް މެޓް އޮފީހުން ހާމަކޮށްފައިވެއެވެ.

މޫސުމީ ހާލަތު ގޯސްވާ މި ދުވަސްވަރު ޢާންމު ގޮތެއްގައި ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވޭ އިރު، ބައެއް ހާލަތްތަކުގައި ވިލާގަނޑުގައި 50 މޭލަށް ވެސް ވައި ގަދަވެދާނެ ކަމަށް މެޓުން އިންޒާރު ދީފައިވެއެވެ. މިކަމުގެ ސަބަބުން ކަނޑުތައް ވެސް ވަރަށް ގަދަވާނެ ކަމަށް އަންދާޒާކުރެވެއެވެ.

ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ޔެލޯ އެލާޓް ނެރެފައިވާ ސަރަހައްދުތަކުގައި 9 މީޓަރަށްވުރެ ކުދި އުޅަނދުފަހަރުގައި ފަސިންޖަރުން އުފުލުން މަނާކޮށްފައިވާ ކަމަށް މެޓް އޮފީހުން ބުންޏެވެ. މީގެ އިތުރުން ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކަށް ވަރަށް ބޮޑަށް ސަމާލުވުމަށް އިލްތިމާސްކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.