މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން މާފަންނު ސަރަހައްދުން ކުއްޔަށް ހިފާނެ އިމާރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލައިފިއެވެ. މި ފުރުސަތަށް ޝައުގުވެރިވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމަށް އަންނަ ޖުލައި މަހުގެ 3 ވަނަ ދުވަހުގެ މެންދުރު 2:00 އާ ހަމައަށް ވަގުތު ދީފައިވެއެވެ.
ބީލަން ހުށަހަޅަންވާނީ ޕޯސްޓު ބިލްޑިންގެ 5 ވަނަ ފަންގިފިލާއަށް ކަމަށާއި، ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ލިބޭ ބީލަންތައް ބަލައިނުގަންނާނެ ކަމަށް ޕޯސްޓު އޮފީހުން ކުރި އިއުލާނުގައި ބަޔާންކޮށްފައިވެއެވެ. މި ބީލަމާ ގުޅޭ އިތުރު ތަފްސީލު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން ޖުލައި 2 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ޕްރޮކިއުމަންޓް ޔުނިޓަށް ގުޅުއްވުމަށް ދަންނަވާފައިވެއެވެ.
ޗައިނާގެ ޓެމޫ ކުންފުނި މެދުވެރިކޮށް ރާއްޖެއަށް މުދާ އެތެރެކުރުމުގެ ހިދުމަތް ފަށައިގަތުމާ ގުޅިގެން ޕޯސްޓަށް ލިބޭ މުދަލުގެ އަދަދު އިތުރުވެ، ބެކްލޮގް ބޮޑުވެފަ ވުމުގެ ސަބަބުން މާފަންނުގައި އިތުރު ޖާގަ ހޯދުމަށް މި ފިޔަވަޅު އަޅާފައިވާ ކަމަށް ބެލެވެއެވެ. މީގެ އިތުރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޕޯސްޓުގެ ހިދުމަތް ފޯރުކޮށްދޭނެ އިމާރާތެއް ހޯދުމަށްވެސް ޕޯސްޓު އޮފީހުން ވަނީ ބީލަމަށް ހުޅުވާލައިފައެވެ.
ކޮމެންޓު ފޮނުވާ