ވަކަރުގޭ މީހުންނަކީ އަބަދުވެސް ދޫ ހުތުރު ބައެއް ކަމަށާއި، އެފަދަ މީހުންނަކީ އެހެން މީހުންނާއި މުޚާތަބު ކުރާއިރު، އަޚުލާގީ މިންގަނޑު އެއްވެސް ވަރަކަށް ނުހުންނަ ބައެއްކަމަށް ޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޝައިޚު ޒައިދު މިހެން ވިދާޅުވެފައިވަނީ ސޯޝަލް މީޑިޔާގައި ރައީސް ނަޝީދަށް ސަޕޯޓް ކުރައްވާ ބައެއް އެކްޓިވިސްޓުން ޝައިޚު އިޔާޒާއި، ޝައިޚު ޒައިދަށް އަމާޒުކޮށް ކިޔަމުންދާ ހުތުރު އެއްޗިއްސާއި، ދައްކާ ވާހަތަކަށް އިޝާރާތް ކުރައްވައެވެ. ޝައިޚު ޒައިދު ވިދާޅުވީ ގަދަ މީހަކީ ރުޅި އަންނަ ވަގުތުގައިވެސް ހަމައިން ނުނެއްޓި ހަމައިގައި ހުންނަ މީހާކަމަށެވެ. އިސްލާމްދީނަކީ ރާބުއިމާއި މަސްތުވުމަށް ހަރާމް ކުރައްވާފައިވާ ދީނެއްކަމަށް ޝައިޚު ޒައިދު ވަނީ ހަނދާން ކޮށްދެއްވާފައެވެ.
ވަކަރުގޭ މީހުން ދޫ ހުތުރުވާނެ. އަޚުލާގު ރީތި މީހާ، އަނެކާއާއި، ޚިލާފު ވިޔަސް ހުތުރު އެއްޗެހި ނުކިޔާނެ. ގަދަ މީހަކީ ރުޅި އަންނަ ވަގުތު ހަމައިން ނުނައްޓާ މީހާ. ރާ ބޮއި، މަސްތުވުމަކީ އިސްލާމްދީނުގައި ހަރާމް ކަމެއް.
– ޝައިޚު އަލީ ޒައިދު ވިދާޅުވިއެވެ.
ސޯޝަލް މީޑިޔާގައި ޑރ.އިޔާޒާއި، ޝައިޚު އަލީ ޒައިދަށް ފާޑުކިޔުން އަމާޒު ވެފައިވަނީ "ތެޔޮ ބިޑި" ނުލިބެގެން ވާ މަޖުބޫރުގެ ސަބަބުން އިސްތިއުފާ ދިނުމަކީ "ބަޣާވާތެއް" ނޫންކަމަށް ވިދާޅުވެ، ދީނީ އިލްމުވެރިޔާގެ ޑރ.މުހައްމަދު އިޔާޒުގެ ބަހުގެ ހަމަލާތަކެއް ރައީސް ނަޝީދަށް އަމާޒު ކުރެއްވުމާއި ގުޅިގެންނެވެ.
ރައީސް ނަޝީދު އިސްތިއުފާ ދެއްވީ މަޖުބޫރު ވެގެން ކަމަށް ބުނާތީ ޑރ.އިޔާޒް ވިދާޅުވީ އެމަޖުބޫރު ވުމަކީ "ތެޔޮ ބިޑި" ނުލިބިގެންވީ މަޖުބޫރެއް ކަމަށެވެ. "ތެޔޮ ބިޑިއެއް ނުލިބިގެން ވާމަޖުބޫރުގެ ސަބަބުން އިސްތިއުފާ ދިނުމަކުން ބަޣާވާތަކަށް ނުވާނެ." ކަމަށް ޑރ.އިޔާޒް ވިދާޅުވިއެވެ.
"Majbooru" is kuruvi gotheh ves onnan jehey. "theyo bidi" eh nulibigen vaa majbooreh ge sababun isthiufa dhinumakun "baghaavaathakah" nuvaane.
— Dr.Mohamed Iyaz (@dr_iyaz) January 3, 2021
ޑރ.އިޔާޒުގެ މި ޓްވީޓާއި ގުޅިގެން އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ބައެއް މެމްބަރުންވެސް ދަނީ އިޔާޒަށް ރައްދު ދެއްވަމުންނެވެ. އެގޮތުން އަޚުލާގީ މިންގަނޑުން ބޭރުން މިފަދަ ވާހަތަކެއް ދައްކަވާއިރު، ޝައިޚުން ކަމުގައި ދެކުމަކީ ރައްޔިތުން ގަބޫލު ކުރާނެ ކަމެއް ނޫންކަމަށް އެބޭފުޅުން ދަނީ ވިދާޅުވަމުންނެވެ.
ކޮމެންޓު ފޮނުވާ