ގައްދޫގައި ފަތުރުވެރިކަމާ ގުޅޭ ޚިދުމަތްތަކަށް 50 އަހަރަށް ބިން ހިފުމަށް ދިނުމަށް ފުރުޞަތު ހުޅުވާލައިފި

ގައްދޫގައި ފަތުރުވެރިކަމާ ގުޅޭ ޚިދުމަތްތަކަށް 50 އަހަރަށް ބިން ހިފުމަށް ދިނުމަށް ފުރުޞަތު ހުޅުވާލައިފި

Author
ހުސައިން
01 ޖޫން 2025 06:34
0

ގދ. ގައްދޫ ކައުންސިލުން ފަތުރުވެރިކަމާ ގުޅުންހުރި ޚިދުމަތްތައް ހިންގުމަށް 2578.00 އަކަފޫޓުގެ ބިމެއް 50 އަހަރުގެ މުއްދަތަށް ކުއްޔަށް ދިނުމަށް ފުރުޞަތު ހުޅުވާލައިފިއެވެ.

ކައުންސިލުން ނެރުނު އިއުލާނުގައި ބުނެފައިވަނީ، ގައްދޫ ރެދިޔަމްގެ ގޯތީގެ އިރަށް ހުރި ހުސްބިމުން މި ބިން ކަނޑައަޅާފައިވާ ކަމަށާއި، ފަތުރުވެރިކަމާ ގުޅޭ އެކިއެކި ޚިދުމަތްތައް ފޯރުކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް މި ފުރުޞަތު ލިބިގެންދާނެ ކަމަށެވެ.

މި ފުރުޞަތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން ގައްދޫ ކައުންސިލް އިދާރާއަށް ޒިޔާރަތްކޮށް، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އަންދާސީ ހިސާބު ހުށަހަޅަންޖެހޭނެއެވެ. އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 29 ވަނަ ދުވަހެވެ.

ގައްދޫއަކީ ފަތުރުވެރިކަން ތަރައްޤީކުރުމަށް ރަނގަޅު ފުރުޞަތުތަކެއް ހުރި ރަށަކަށްވުމާއެކު، މި ބިމުގައި ފަތުރުވެރިންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އިންވެސްޓުކުރާ ފަރާތްތަކަށް ފައިދާހުރި ފުރުޞަތަކަށް ވާނެކަމަށް ބެލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.