މާލެ، 13 މެއި 2025 – މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިޢުލާން ކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ އެޕްރީލް މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވާއި ބޭނުންކުރެވޭ ރިޒާވް އިތުރުވެއްޖެއެވެ.
އެމްއެމްއޭގެ ހިސާބުތަކުން ފެންނަގޮތުގައި އެޕްރީލް މަހު ނިމުނުއިރު ރަސްމީ ރިޒާވްގެ ގޮތުގައި 856.34 މިލިއަން އެމެރިކާ ޑޮލަރު ހުރިކަން ވަނީ ފާހަގަކުރެވިފައެވެ. މިއީ މާޗް މަހު ނިމުނުއިރު ހުރި 790.99 މިލިއަން ޑޮލަރާ އަޅާބަލާއިރު 65.35 މިލިއަން ޑޮލަރުގެ އިތުރުވުމެކެވެ.
ހަމައެއާއެކު، އެޕްރީލް މަހު ނިމުނުއިރު ބޭނުންކުރެވޭ ރިޒާވްގެ ގޮތުގައި 171.3 މިލިއަން ޑޮލަރު ހުރިކަން އެމްއެމްއޭއިން ހާމަކޮށްފައިވެއެވެ. މިއީ މާޗް މަހު ނިމުނުއިރު ބޭނުންކުރެވޭ ރިޒާވްގެ ގޮތުގައި ހުރި 170.18 މިލިއަން ޑޮލަރާ އަޅާބަލާއިރު ކުޑަ އިތުރުވުމެއް ކަމުގައި ފާހަގަކުރެވެއެވެ.
ބޭންކިންގ ދާއިރާގެ މާހިރުން ފާހަގަކުރައްވާ ގޮތުގައި ރާއްޖޭގެ ރިޒާވް މިފަދަ ގޮތަކަށް އިތުރުވަމުން ދިއުމަކީ ޤައުމުގެ އިޤްތިޞާދީ ހާލަތު ރަނގަޅުވަމުން އަންނަކަމުގެ ނިޝާނެކެވެ.
ކޮމެންޓު ފޮނުވާ