ޔުމްނު ރަޝީދުގެ ބޭސްފަރުވާއަށް އާންމުންގެ ފަރާތުން ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފި

ޔުމްނު ރަޝީދުގެ ބޭސްފަރުވާއަށް އާންމުންގެ ފަރާތުން ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފި

Author
ހުސައިން
26 އޭޕްރިލް 2025 11:08
0

ފެންޓޯނިއޯ ގޭ ފުރާޅު މައްޗަށް ވެއްޓި، ހާލު ސީރިއަސްވެ ފަރުވާ ހޯދަމުން އަންނަ ހައްވާ ޔުމްނު ރަޝީދުގެ ބޭސްފަރުވާއަށް އާންމުންގެ ފަރާތުން ފާހަގަކުރެވޭ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިއްޖެއެވެ.

މެލޭޝިޔާގައި ޔުމްނުގެ އިތުރު ފަރުވާ ކުރިއަށް ގެންދިއުމަށްޓަކައި 57,000 އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 878,940 ދިވެހި ރުފިޔާ) ބޭނުންވާކަމަށް އާއިލާއިން ހާމަކޮށްފައިވެއެވެ. ޔުމްނުގެ ބޭސްފަރުވާގެ ޚަރަދުތައް ސަރުކާރުން ހަމަޖައްސައި ނުދެވޭނެ ކަމަށް ބުނުމާ ގުޅިގެން، މި ފައިސާ ހޯދުމަށް އާއިލާއިން މަސައްކަތް ފެށިއެވެ. އެހެންނަމަވެސް، އިއްޔެ ސަރުކާރުން ވަނީ ޔުމްނުގެ ބޭސްފަރުވާގެ ހުރިހާ ޚަރަދެއް ހަމަޖައްސައިދޭނެ ކަމަށް އަންގާފައިކަމަށް އާއިލާއިން މަޢުލޫމާތު ދެއެވެ.

ޔުމްނުގެ ބޭސްފަރުވާއަށް ފައިސާ ހޯދުމަށް އެކި ޕްލެޓްފޯމްތަކުގައި ހިންގުނު ހަރަކާތްތަކުން ކުރު މުއްދަތެއްގެ ތެރޭގައި ފާހަގަކުރެވޭ އަދަދެއްގެ ފައިސާ އެއްކުރެވިފައިވެއެވެ. ޚާއްޞަކޮށް ޓިކްޓޮކް ލައިވް މެދުވެރިކޮށް ހިންގުނު ހަރަކާތުން އެންމެ ދޮޅު ގަޑިއިރުގެ ތެރޭގައި ހަތް ލައްކައަށްވުރެ ގިނަ ރުފިޔާ ހޯދުމަށް ކާމިޔާބުވެފައިވާކަން ފާހަގަކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.