ރޫޓަކީ ރާއްޖޭގައި ދުންފަތާއި ސިނގިރެޓްގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ބައެކެވެ. ފުލުހުން ބުނީ އައްޑޫ ސިޓީ މަރަދޫގައި ހުންނަ ރޫޓް ފިހާރަ ފަޅާލާ އެތަނުން ގިނަ އަދަދެއްގެ ފައިސާއާ ތަކެތި ވަގަށް ނަގާފައިވާ ކަމުގެ ރިޕޯޓެއް ލިބިފައިވާ ކަމަށެވެ. އެ ފިހާރަ ފަޅާލާފައިވަނީ ރޭ ފަތިހުގެ ވަގުތެއްގައެވެ.
ފުލުހުން ބުނީ މައްސަލައިގެ ތަހުގީގު ފަށާފައިވާ ކަަމަށެވެ.
އައްޑޫ ސިޓީގައި ހުންނަ ރޫޓް ފިހާރަ ފަޅާލާފައިވާއިރު، މިދިޔަ އޮކްޓޫބަރުމަހުގެ 25 ވަނަ ދުވަހުގެ 11:40 އެހާކަންހާއިރު ރޫޓް ފިހާރައިގެ ފަރާތުން ބޮޑުތަކުރުފާނު މަގުގައި ހުންނަ ބޭންކު އޮފް ސިލޯނަށް ޖަމާކުރުމަށް ގެންދިޔަ ހަތަރު މިލިއަނަށްވުރެ ގިނަ ފައިސާ ފޭރެންވެސް ބަޔަކު ވަނީ މަސައްކަތްކޮށްފައެވެ. އަދި އެމައްސަލަ ތަހުޤީޤްކުރުމަށްފަހު 5 މީހެއްގެ މައްޗަށް ދައުވާކުރުމަށް މިހާރު ވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައެވެ.
ކޮމެންޓު ފޮނުވާ