އީރާނާއި އެމެރިކާގެ މަޝްވަރާތަކުގެ ފުރަތަމަ ބުރު ނިންމާލައިފި

އީރާނާއި އެމެރިކާގެ މަޝްވަރާތަކުގެ ފުރަތަމަ ބުރު ނިންމާލައިފި

ގުޅުންހުރި

އީރާނުގެ ނިއުކްލިޔަރ މަޝްރޫޢުއާ ގުޅޭގޮތުން އީރާނާއި އެމެރިކާއާ ދެމެދު ޢުމާނުގައި ކުރިއަށްގެންދިޔަ މަޝްވަރާތައް އެދެވޭ ގޮތަކަށް ކުރިއަށްގޮސްފައިވާ ކަމަށް އީރާނުގެ ފަރާތުން ބުނެފައިވެއެވެ.

އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤްޗީ ވިދާޅުވެފައިވަނީ ދެ ޤައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް ފެށުމުގެ އުސޫލުތަކާމެދު އެއްބަސްވުމަކާ ހަމައަށް އައުމަށް ގާތްވެފައިވާ ކަމަށެވެ. އަދި އަންނަ ހަފުތާގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އިތުރު ބައްދަލުވުމުގައި މި އުސޫލުތަކާމެދު އެއްބަސްވެވިއްޖެނަމަ، ރަސްމީ މަޝްވަރާތައް އަވަހަށް ފެށޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ޓްރަމްޕްގެ މެދުއިރުމައްޗަށް ޚާއްޞަ މަންދޫބު ސްޓީވް ވިޓްކޮފް އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ އެމެރިކާގެ ވަފުދާއި އީރާނުގެ ވަފުދާ ދެ ފަރާތުގެ މަޝްވަރާތައް 2.5 ގަޑިއިރަށް ދެމިގެންދިޔަކަމަށް ޢަރާޤްޗީ ވިދާޅުވިއެވެ. މަޝްވަރާތައް ކުރިއަށްގެންގޮސްފައިވަނީ ޢުމާން މެދުވެރިކޮށް ނުސީދާކޮށް ކަމަށާއި، ދެ ވަފުދުގެ މެދުގައި ޢުމާނުގެ ޚާރިޖީ ވަޒީރު ވާހަކަތައް ފޯރުކޮށްދެއްވި ކަމަށްވެސް އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ބުނެފައިވެއެވެ.

ޢަރާޤްޗީ އިތުރަށް ވިދާޅުވެފައިވަނީ މަޝްވަރާތައް ކުރިއަށްގެންގޮސްފައިވަނީ އުފެއްދުންތެރި އަދި މަޑުމައިތިރި މާހައުލެއްގައި ކަމަށެވެ. ދެ ފަރާތުންވެސް ބޭނުންވަނީ ކުރު މުއްދަތެއްގެ ތެރޭގައި އެއްބަސްވުމަކާ ހަމައަށް އައުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިއީ ޓްރަމްޕްގެ ސަރުކާރަކާއެކު އީރާނުން މަޝްވަރާކުރާ ފުރަތަމަ ފަހަރެވެ. އެމެރިކާއިން މިހާތަނަށް މި މަޝްވަރާތަކާ ގުޅޭގޮތުން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ