ހއ. ހޯރަފުށީގައި ސިހުރު ހެދުމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

ހއ. ހޯރަފުށީގައި ސިހުރު ހެދުމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

Author
ހުސައިން
06 އޭޕްރިލް 2025 01:43
0

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހއ. ހޯރަފުށީގައި ހިންގި އޮޕަރޭޝަނެއްގައި ސިހުރު ހެދުމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

އެޕްރީލް 2 ވަނަ ދުވަހު ހޯރަފުށި ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރެވުނު ފަރާތަކީ ވ. ކެޔޮދޫ / ތިބުރޯޒުގެ، މުޙައްމަދު ޢަބްދުލްކަރީމް (34އ) އެވެ.

ފުލުހުން ބުނާ ގޮތުގައި މައްސަލައާ ގުޅިގެން މުޙައްމަދު ޢަބްދުލްކަރީމް ހޯރަފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، އޭނާގެ ބަންދާމެދު ގޮތެއް ނިންމައި، ފަސް ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.

މި މައްސަލައިގެ ތަޙްޤީޤު މިހާރު ދަނީ ހޯރަފުށި ޕޮލިސް ސްޓޭޝަނުން ކުރިއަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.