ޔޫތު މިނިސްޓްރީގެ ހިދުމަތްތައް ފަސޭހައިން ހޯދޭނެ ކޯލް ސެންޓަރެއް ގާއިމުކޮށްފި

ޔޫތު މިނިސްޓްރީގެ ހިދުމަތްތައް ފަސޭހައިން ހޯދޭނެ ކޯލް ސެންޓަރެއް ގާއިމުކޮށްފި

Author
އަހުމަދު
19 ޖުލައި 2026 08:40
0

ޔޫތު މިނިސްޓްރީގެ ހިދުމަތްތައް އަވަހަށް އަދި ފަސޭހައިން ހޯދޭނެ މަގު ފަހިކޮށްދޭ ކޯލް ސެންޓަރެއްގެ ހިދުމަތް އެ މިނިސްޓްރީން ރަސްމީކޮށް ފަށައިފި އެވެ.

މި ކޯލް ސެންޓަރު އިފްތިތާހުކޮށްދެއްވީ ޔޫތު މިނިސްޓަރު އަބްދުﷲ ރާފިއު އެވެ.

މިނިސްޓްރީން ބުނީ ކޯލް ސެންޓަރުގެ ހިދުމަތާ އެކު، މިނިސްޓްރީގެ ހިދުމަތްތައް ހޯދާ ފަރާތްތަކަށް ބޭނުންވާ ޑިޕާޓްމަންޓާ ސީދާ ގުޅައި، ބޭނުންވާ މައުލޫމާތު ސާފުކުރުމަށް ފަސޭހަ ވެގެންދާނެ ކަމަށެވެ. މީގެ ސަބަބުން ހިދުމަތް ހޯދާ ފަރާތްތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ކޯލް ސެންޓަރުގެ ނަންބަރެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 3347300 އެވެ. ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރު 2:00 އަށް މި ނަންބަރުން ހިދުމަތް ލިބޭނެ އެވެ. އަދި ބަންދު ގަޑިތަކުގައި ވެސް އެ ނަންބަރަށް ގުޅައިގެން ހިދުމަތް ހޯދޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ.

ކޯލް ސެންޓަރުގައި ޒަމާނީ ކޯލް މެނޭޖްމަންޓް ސިސްޓަމެއް ގާއިމުކޮށްފައިވާއިރު، މި ސިސްޓަމް މެދުވެރިކޮށް ކުރެވޭ ކޮންމެ ކޯލެއް ލޮގް ކުރެވިގެންދާނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.