ޖޫން މަހު ޕީޖީން ދައުވާކުރީ 265 މައްސަލައެއްގައި

ޖޫން މަހު ޕީޖީން ދައުވާކުރީ 265 މައްސަލައެއްގައި

Author
އަހުމަދު
19 ޖުލައި 2026 08:44
0

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ޖޫން މަހު ދައުވާ ކުރަން ކޯޓަށް 265 މައްސަލައެއް ފޮނުވައިފިއެވެ.

ޕީޖީ އޮފީހުން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މިއީ އޭގެ ކުރީ މަހާ އަޅާބަލާއިރު ކުޑަ ނަމަވެސް އިތުރުވުމެކެވެ. މެއި މަހު ދައުވާކުރަން ކޯޓަށް ފޮނުވާފައިވަނީ 263 މައްސަލައެވެ.

އެއާއެކު، ޕީޖީ އޮފީހަށް ބަލައިގަތް މައްސަލަތަކުގެ އަދަދު ޖޫން މަހު ވަނީ ބޮޑުތަނުން މައްޗަށް ގޮސްފައެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން، މެއި މަހު 143 މައްސަލަ ބަލައިގަނެފައި ވަނިކޮށް، ޖޫން މަހު 228 މައްސަލަ ބަލައިގަނެ، 59.4 އިންސައްތައިގެ ކުރިއެރުމެއް ވަނީ ފެނިފައެވެ.

ޕީޖީ އޮފީހުގެ މަސައްކަތުގައި އެންމެ ބޮޑު ބަދަލެއް ފެނިފައި ވަނީ ޑިއުޓީ ޕްރޮސެކިއުޝަން، ނުވަތަ ތަހުޤީޤީ އިދާރާތަކަށް ދޭ ޤާނޫނީ ލަފާ ދިނުމުގެ ބައިންނެވެ. ޖޫން މަހު 683 މައްސަލައެއްގައި އެ އޮފީހުން ލަފާ ދީފައިވާއިރު، މެއި މަހު ލަފާ ދީފައިވަނީ 447 މައްސަލައެއްގައެވެ. މިއީ 52.7 އިންސައްތައިގެ އިތުރުވުމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.