ސެންޓްރަލް ޕާކުގައި ގޮނޑި މޭޒު ބޭނުންކުރާނަމަ އެޗްޑީސީގެ ހުއްދަ ނަގަންޖެހޭ

ސެންޓްރަލް ޕާކުގައި ގޮނޑި މޭޒު ބޭނުންކުރާނަމަ އެޗްޑީސީގެ ހުއްދަ ނަގަންޖެހޭ

ގުޅުންހުރި

ހުޅުމާލޭ ސެންޓްރަލް ޕާކުގައި ޕިކްނިކް ފަދަ ހަރަކާތްތަކަށް ގޮނޑި އާއި މޭޒު ބޭނުންކުރާނަމަ، އެޗްޑީސީގެ ހުއްދަ ނަގަންޖެހޭނެ ކަމަށް އެ ކުންފުނިން މިއަދު ހާމަކޮށްފިއެވެ.

އެޗްޑީސީން މިފަދައިން ހާމަކޮށްފައިވަނީ ސެންޓްރަލް ޕާކު ބޭނުންކުރުމަށް ކޮންމެ ކަމަކަށްވެސް ކުރިއާލައި ހުއްދަ ނަގަންޖެހޭ ކަމަށް ބުނެ ވާހަކަތަކެއް އާންމުވެފައިވާތީއެވެ.

އެ ކުންފުނިން ފޮނުވި މެސެޖެއްގައި ބަޔާންކޮށްފައިވާގޮތުން، ހުޅުމާލޭގެ ޕާކުތަކާއި، ބީޗްތަކާއި އަދި އެހެނިހެން އާންމު ސަރަހައްދުތަކުގައި ޕިކްނިކް ހެދުންފަދަ ހަރަކާތްތައް ހިންގުމަށް ވަކި ހުއްދައެއް ނަގަން ނުޖެހެއެވެ. އެހެންނަމަވެސް، އެފަދަ ހަރަކާތްތަކަށް ގޮނޑި އާއި މޭޒު ބޭނުންކުރަން ބޭނުންވާނަމަ، ކުރިއާލައި އެޗްޑީސީން ހުއްދަ ހޯދަންޖެހޭނެއެވެ.

މީގެއިތުރުން، ހުޅުމާލެ ސާފުތާހިރު ތަނަކަށް ހެދުމަށްޓަކައި އެ ކުންފުނީގެ އިންސްޕެކްޓަރުން އަބަދުވެސް މަސައްކަތްކުރަމުންދާކަމަށް ފާހަގަކޮށްފައިވެއެވެ. މި މަސައްކަތުގެ ތެރޭގައި ބައެއް ކަންކަން ސާފުކޮށްދިނުމަށް އާންމުންނާ ވާހަކަދައްކާ ހާލަތްތައްވެސް ދިމާވެދާނެކަމަށް ބުނެފައިވެއެވެ. އަދި މިފަދަ ހާލަތްތަކުގައި އިތުރު މަޢުލޫމާތު ސާފުކުރުމަށްޓަކައި ބައެއް ފަހަރު މީހުންގެ ފޯނު ނަންބަރުވެސް އެޗްޑީސީން ނަގާފާނެކަމަށް އެ ކުންފުނިން އަންގާފައިވެއެވެ.

ފާއިތުވީ ދުވަސްތަކުގައި ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަހައްދުގައި ބޭއްވި ބައެއް އިވެންޓުތަކަށްފަހު އެތަނަށް ކުނިއަޅާފައިވާކަން ފާހަގަކޮށް، އެޗްޑީސީން ވަނީ މިކަން އާންމުންގެ ސަމާލުކަމަށް ގެނެސްފައެވެ. މާލެއާއި ހުޅުމާލޭގެ ސާފުތާހިރުކަން ދެމެހެއްޓުމަށްޓަކައި ކަމާގުޅުންހުރި އިދާރާތަކުން އެކިއެކި މަސައްކަތްތައް ކުރަމުންދާއިރު، މާލޭގެ ބައެއް ސަރަހައްދުތަކަށް ކުނިއަޅާ ފަރާތްތަކުގެ ވީޑިއޯ އާންމުކޮށް، އެފަދަ ފަރާތްތައް ހޯދުމަށް މާލޭ ސިޓީ ކައުންސިލުންވެސް އިޢުލާންކޮށްފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ