އާސަންދަ ސްކީމަށް އިތުރު ބަދަލުތަކެއް: ޕްރައިވެޓް އިންޝުއަރެންސް އޮންނަ މީހުންނަށް އާ އުސޫލެއް ހަމަޖައްސައިފި

އާސަންދަ ސްކީމަށް އިތުރު ބަދަލުތަކެއް: ޕްރައިވެޓް އިންޝުއަރެންސް އޮންނަ މީހުންނަށް އާ އުސޫލެއް ހަމަޖައްސައިފި

ގުޅުންހުރި

މާލެ، 20 މާރިޗު 2025 – އާސަންދަ ސްކީމްގެ ދަށުން ޕްރައިވެޓް އިންޝުއަރެންސް އޮންނަ މީހުންނަށް އައު ބަދަލުތަކެއް ގެނެވި، ތަންފީޒުކުރަން ފަށައިފިއެވެ.

އާސަންދަ ކުންފުނިން މިއަދު ނެރުނު ޚަބަރެއްގައި ބުނެފައިވަނީ، ޕްރައިވެޓް އިންޝުއަރެންސް އޮންނަ މީހުން އެނދުމަތިނުވެ ހޯދާ ސިއްޙީ ޚިދުމަތްތަކަށް (އައުޓްޕޭޝަންޓް ސަރވިސް) ފުރަތަމަ ޕްރައިވެޓް އިންޝުއަރެންސް ބޭނުންކުރުމާއެކު، އާސަންދަ ސްކީމުން އެ ޚިދުމަތަށް ކަނޑައަޅާފައިވާ އަދަދުވެސް އެކުއެކީ ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ.

މި ބަދަލު ގެނައުމަށްޓަކައި އާސަންދައިގެ ނިޒާމުތަކަށާއި، އިންޓްގްރޭޓްކޮށްގެން ޚިދުމަތްދޭ އަމިއްލަ މަރުކަޒުތަކުގެ ސިސްޓަމަށް ގެންނަންޖެހޭ ބަދަލުތައް މިހާރު ވަނީ ގެނެސްފައެވެ.

މި ބަދަލާއެކު އިއްޔެއިން ފެށިގެން ޑޮކްޓަރަށް ދެއްކުމަށް ނަގާ ކޮންސަލްޓޭޝަން ފީ އައު އުސޫލުގެ ދަށުން ތަންފީޒުކުރަން ފަށާފައިވެއެވެ. ނަމަވެސް، އައުޓްޕޭޝަންޓް އެހެނިހެން ޚިދުމަތްތަކަށް މި އުސޫލަށް އަމަލުކުރަން ފަށާނީ މި މަހުގެ 27 ވަނަ ދުވަހުން ފެށިގެންނެވެ.

އާސަންދައިން އިތުރަށް ހާމަކޮށްފައިވަނީ، މި ބަދަލާއެކު ޕްރައިވެޓް އިންޝުއަރެންސް އޮންނަ މީހުން ޚިދުމަތް ހޯދާއިރު، އެންމެ ފުރަތަމަ ޗާޖު ކުރެވޭނީ ޕްރައިވެޓް އިންޝުއަރެންސް ޕްލޭންއިން ފޯރުކޮށްދޭ މިންވަރު ކަމަށެވެ. އަދި ޕްރައިވެޓް އިންޝުއަރެންސްގެ ޕްލޭންއިން ކަވަރުކުރާ މިންވަރަށް ވުރެ އިތުރުވާ އަދަދު، އާސަންދައިގެ ލިމިޓްގެ ތެރެއިން ފޯރުކޮށްދެވޭނެ ކަމަށެވެ.

މި ބަދަލަކީ އާސަންދަ ސްކީމް ރިފޯމް މަސައްކަތުގެ ތެރެއިން ތަންފީޒުކުރެވޭ ބަދަލެއްކަން އާސަންދަ ކުންފުނިން ފާހަގަކޮށްފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ