"އަވައްޓެރި ރޯދަ ވީއްލުން" ގެ ނަމުގައި ޚާއްޞަ ރޯދަ ވީއްލުންތަކެއް ހުޅުމާލޭގައި ބާއްވަނީ

"އަވައްޓެރި ރޯދަ ވީއްލުން" ގެ ނަމުގައި ޚާއްޞަ ރޯދަ ވީއްލުންތަކެއް ހުޅުމާލޭގައި ބާއްވަނީ

Author
ހުސައިން
13 މާރޗް 2025 11:26
0

ރަމަޟާން މަހުގެ ޚާއްޞަ މުނާސަބަތުގައި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި "އަވައްޓެރި ރޯދަ ވީއްލުން" ގެ ނަމުގައި ޚާއްޞަ ރޯދަ ވީއްލުންތަކެއް ބޭއްވުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ.

މިއީ އެޗްޑީސީއާއި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާއި ހުޅުމާލޭގެ ނެއިބަހުޑް ޕޮލިސް ގުޅިގެން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ޚާއްޞަ ހަރަކާތެކެވެ. މި ހަރަކާތުގެ މައިގަނޑު މަޤްޞަދަކީ ދިވެހިންގެ މެދުގައި ޒަމާނުއްސުރެ އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަން އިތުރަށް އާލާކޮށް ދިރުވުމެވެ.

އެޗްޑީސީގެ ހެޑް އޮފް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ޑިޕާޓްމަންޓް ހަސަން ޝަހީދު ވިދާޅުވި ގޮތުގައި ހުޅުމާލޭގެ ރައްޔިތުންނަކީ އަބަދުވެސް މިފަދަ އިޖުތިމާޢީ ހަރަކާތްތަކުގައި އެއްބާރުލުން ދިނުމަށް ކުރިމަތިލާ ބައެކެވެ.

"މިފަހަރުވެސް މި އަވައްޓެރި ރޯދަވީއްލުން ހަރަކާތް ކުރިއަށް މިގެންދަނީ ގިނަ ބައެއްގެ ބައިވެރިވުމާއި އެއްބާރުލުމާއެކު،" ހަސަން ޝަހީދު ވިދާޅުވިއެވެ.

ފުރަތަމަ ރޯދަ ވީއްލުން ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ހޮނިހިރު ދުވަހު، ހުޅުމާލޭ ފޭސް 1 ގެ ހުރަވީ ސްކޫލު ކުރިމަތީގައި އޮންނަ ރަނައުރާ މަގުގައެވެ. އަދި ރޯދަ މަހުގެ އެކި ދުވަސްތަކުގައި ހުޅުމާލޭގެ އެހެނިހެން ސަރަހައްދުތަކުގައިވެސް މިފަދަ ރޯދަ ވީއްލުންތައް ކުރިއަށް ގެންދެވޭނެއެވެ.

އެޗްޑީސީގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައިވެސް ހުޅުމާލޭގެ ރައްޔިތުންނާ ގުޅިގެން މިފަދަ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމެވެ. މިކަމުގެ މައިގަނޑު މަޤްޞަދަކީ ހުޅުމާލެއަކީ ގުޅުން ބަދަހި ރައްޔިތުން ދިރިއުޅޭ ހިތްފަސޭހަ ތަނަކަށް ހެދުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.