އަގު ކޮންޓްރޯލް ކުރުމަށް އެސްޓީއޯއިން ކާށި ލޯއެއް 20 ރުފިޔާއަށް ވިއްކަން ފަށައިފި

އަގު ކޮންޓްރޯލް ކުރުމަށް އެސްޓީއޯއިން ކާށި ލޯއެއް 20 ރުފިޔާއަށް ވިއްކަން ފަށައިފި

ގުޅުންހުރި

ރަމަޟާން މަހަށް ޚާއްސަކޮށްގެން އެސްޓީއޯއިން އިތުރު ކާށި ގެނެސް ވިއްކަން ފަށައިފިއެވެ. އިންޑިއާއިން ރާއްޖެ ގެނައި ދެވަނަ ބެޗްގެ ކާށި މިހާރު އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ވިއްކަމުންދާ އިރު، ކިލޯއެއް ވިއްކަނީ 20 ރުފިޔާއަށެވެ.

އެސްޓީއޯއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި ކާށީގެ ސައިޒަށް ބަލައި، ކާއްޓެއްގެ އަގު ޖެހޭނީ ގާތްގަނޑަކަށް 7 ރުފިޔާއާއި 9 ރުފިޔާއާ ދެމެދުގައެވެ. މިއީ ލޯކަލް މާރުކޭޓުން ކާއްޓެއް 40 ރުފިޔާއަށް ވިއްކަމުންދާއިރު، ވަރަށް ބޮޑު ތަފާތެކެވެ.

ރަމަޟާން މަހު ކެއުމުގައި އާންމުކޮށް ބޭނުންކުރާ ބާވަތްތަކުގެ އަގުތައް މަތިނުވެ އެއްވަރެއްގައި ހިފެހެއްޓުމަށް އެސްޓީއޯއިން އަންނަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން މިއަހަރުގެ ރަމަޟާން މަހަށް ބޭނުންވާ މުދާ ފަސޭހަކަމާއެކު ލިބޭނެ ގޮތް ހަމަޖެއްސުމަށް އެސްޓީއޯއިން ވަނީ ކުރީ އަހަރުތަކެކޭ އެއްފަދައިން މިފަހަރުވެސް ތައްޔާރުވެފައެވެ.

އެސްޓީއޯއިން ވަނީ ރޯދަ މަހަށް ޚާއްސަކޮށްގެން ހަތަރު ކެޓެގަރީއަކަށް ބަހާލައިގެން ކާބޯތަކެތި އެތެރެކޮށްފައެވެ. މީގެ ތެރޭގައި އަސާސީ ކާބޯތަކެތީގެ ގޮތުގައި ފިޔާ، ބިސް، އަލުވި، ކާށި އަދި ލުނބޯ ހިމެނެއެވެ. އަދި ތާޒާ ތަރުކާރީއާއި މޭވާގެ އިތުރުން ތައްޔާރީ ކާނާ އަދި ކެއްކުމަށް ބޭނުންކުރާ ތަކެތިވެސް އެތެރެކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެސްޓީއޯއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މީގެ ކުރިން ލިބިފައިވާ ތަޖުރިބާތަކުގެ އަލީގައި، މިއަހަރު ޚާއްޞަ ސަމާލުކަމެއް ދީގެން އާންމު ފަރުދުންނާއި ވިޔަފާރިވެރިންނަށް ފަހި ގޮތްތަކެއް ހޯދައިދިނުމަށް ވަނީ ރާވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ