އެސްޓީއޯއިން ހަދަމުންދާ ޓޫރިސްޓް ހޮޓެލް ސައިޓުން މި ރޯދަ މަހު ހޯލްސޭލްކޮށް މުދާ ދޫކުރާނެ

އެސްޓީއޯއިން ހަދަމުންދާ ޓޫރިސްޓް ހޮޓެލް ސައިޓުން މި ރޯދަ މަހު ހޯލްސޭލްކޮށް މުދާ ދޫކުރާނެ

Author
ހުސައިން
01 މާރޗް 2025 11:49
0

އެސްޓީއޯއިން ހަދަމުންދާ ޓޫރިސްޓް ހޮޓެލް ސައިޓުން މި ރޯދަ މަހު ހޯލްސޭލްކޮށް މުދާ ދޫކުރާނެ ކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދް އިބްރާހިމް ވިދާޅުވެއްޖެއެވެ. ރޭ ދައުލަތުގެ މީޑިއާއިން ދެއްކި ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ޝިމާދް ވިދާޅުވި ގޮތުގައި އެސްޓީއޯއިން ކާޑުގެ ބާވަތްތައް ފިޔަވައި އެހެން ބާވަތްތައް ސީދާ މާކެޓަށް ނުނެރޭ ކަމަށާއި، އަމިއްލަ ކުންފުނިތަކާ ގުޅިގެން ތަކެތި ލިބޭނެ މަގު ތަނަވަސްކޮށްދީ އަގުތައް ހިފެހެއްޓުމަށް މަސައްކަތްކުރަމުންދާ ކަމުގައެވެ.

އޭނާ އިތުރަށް ހާމަކުރެއްވި ގޮތުގައި، އެސްޓީއޯއިން ގެންނަ ހުރިހާ ޕްރޮޑަކްޓްތަކެއް، ޚާއްޞަކޮށް ކާށި އަދި ތަރުކާރީ މޭވާގެ ބާވަތްތަކުގެ ބޮޑު ބައެއް އިމްޕޯޓްކުރަމުންގެންދާ ކަމަށެވެ. "ތަކެތީގެ ލިބެންހުރި މިންވަރަށް ބަލާއިރު، އަޅުގަނޑުމެންގެ ހަރަކާތްތައް 11 ރަށެއްގައި ހިންގަމުންދޭ. މާލޭގައި އެސްޓީއޯ ސުޕަރ މާކެޓް ހުރުމުގެ އިތުރުން، އިންޑަސްޓްރިއަލް ސަރަހައްދުގައި ހުންނަ ފިހާރައަކުން ހޯލްސޭލްކޮށް މުދާ ވިއްކަން. ބޮޑަށް މަސައްކަތް މި ކުރަނީ ހުޅުމާލޭގައި ހުންނަ ފިހާރަތަކާ ގުޅިގެން ރައްޔިތުންނަށް މުދާ ފޯރުކޮށްދިނުމަށް. މި ރޯދަ މަހު ލިބުނު އެދިލެއްވުމަކާ ގުޅިގެން އެސްޓީއޯއިން ހަދަމުންދާ ހޮޓެލް ސައިޓުން ހޯލްސޭލްކޮށް މުދާ ދޫކުރަމުންދަނީ" ކަމަށް ޝިމާދު ވިދާޅުވިއެވެ.

ޝިމާދު އިތުރަށް ހާމަކުރެއްވި ގޮތުގައި ބައެއް މުދާތަކަކީ ހޯލްސޭލްކޮށް ދޫނުކުރާ ބާވަތްތަކެއް ކަމަށެވެ. މިސާލަކަށް ކާށީގެ ބާވަތެވެ. އޭނާ ވިދާޅުވީ ޑިމާންޑް އޮތް މިންވަރަށާއި އަގު ކޮންޓްރޯލްކުރުމަށްޓަކައި ކާށި ރީޓެއިލްކޮށް ވިއްކުމަށް ގަސްތުކުރާ ކަމަށެވެ. އަދި ފިޔާ، އަލުވި އަދި ބިސް ފަދަ ތަކެތި ހޯލްސޭލްކޮށް ވިއްކާނެ ކަމަށްވެސް ހާމަކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.