އެސްޓީއޯއިން އާންމު ހިއްސާދާރުން ތަމްސީލުކުރާނެ ޑިރެކްޓަރެއް ހޮވުމަށް ފުރުޞަތު ހުޅުވާލައިފި

އެސްޓީއޯއިން އާންމު ހިއްސާދާރުން ތަމްސީލުކުރާނެ ޑިރެކްޓަރެއް ހޮވުމަށް ފުރުޞަތު ހުޅުވާލައިފި

Author
ހުސައިން
28 ފެބްރުއަރީ 2025 12:04
0

ސަރުކާރުގެ އެންމެ ބޮޑު ކުންފުނިކަމަށްވާ އެސްޓީއޯއިން އާންމު ހިއްސާދާރުން ތަމްސީލުކުރާނެ ޑިރެކްޓަރެއް ހޮވުމަށް ފުރުޞަތު ހުޅުވާލައިފިއެވެ. ކުންފުނީގެ ހިންގާ ގަވާއިދާއި ހިއްސާ ބެހިފައިވާ ނިސްބަތަށް ބަލާއިރު، ބޯޑަށް އާންމު ހިއްސާދާރުންގެ ފަރާތުން އެއް ޑިރެކްޓަރު އަދި ސަރުކާރު ނުވަތަ މައި ހިއްސާދާރުގެ ފަރާތުން ހަ ޑިރެކްޓަރުން އިންތިޚާބުކުރެވެއެވެ.

އެސްޓީއޯއިން ވަނީ ބޯޑަށް ހޮވޭ ހުރިހާ ޑިރެކްޓަރުންނަކީވެސް ވިޔަފާރިއާއި ހިންގުމުގެ ދާއިރާއިން އެކަށީގެންވާ ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ ފަރާތްތަކަކަށް ވުމަށް ބާރުއަޅާ ކަމަށް ބުނެފައެވެ. އަދި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ކޯޕަރޭޓް ގަވަނަންސް ކޯޑާ އެއްގޮތަށް، ކުންފުނީގެ ބޯޑަށް ވީހާވެސް ގިނަ އަންހެން ބޭފުޅުން ކުރިމަތިލައި ވާދަކުރުމަކީ ދިވެހިރާއްޖޭގައި މިންތީގެ ހަމަހަމަކަން ޤާއިމްކުރުމުގެ މަސައްކަތަށް އިތުރު ބާރެއް ލިބިގެންދާނެ ކަމެއްކަމަށް ފާހަގަކޮށްފައިވެއެވެ.

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކުގެ ތެރޭގައި ކުންފުނީގެ ހިއްސާދާރަކަށްވުން ނުވަތަ ހިއްސާދާރުންގެ ގޮތުގައި ހިމެނޭ ކުންފުންޏަކުން ނޮމިނޭޓްކުރާ ފަރާތަކަށްވުމާއެކު، އުމުރުން 30 އަހަރު ފުރިފައިވުން ހިމެނެއެވެ. މީގެއިތުރުން، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ޔުނިވަރސިޓީއަކުން ވިޔަފާރިއާ ގުޅުންހުރި ދާއިރާއަކުން ދަށްވެގެން ފުރަތަމަ ޑިގްރީއާއެކު ފަސް އަހަރުގެ ޢަމަލީ ތަޖުރިބާ ނުވަތަ ޑިޕްލޮމާއާއެކު މަދުވެގެން 10 އަހަރުގެ ޢަމަލީ ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވާންޖެހެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.