’އަލް އަސްރް' އަދި 'އިލްމް' ޖަމިއްޔާއާއި އެޗްޑީސީން ގުޅިގެން ރޯދައަށް ހާއްސަ ޕްރޮގްރާމްތަކެއް ކުރިޔަށް ގެންދަނީ

’އަލް އަސްރް' އަދި 'އިލްމް' ޖަމިއްޔާއާއި އެޗްޑީސީން ގުޅިގެން ރޯދައަށް ހާއްސަ ޕްރޮގްރާމްތަކެއް ކުރިޔަށް ގެންދަނީ

ގުޅުންހުރި

އެޗްޑީސީން ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް، މުޖްތަމައުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް، 'އަލް އަސްރު' އަދި 'އިލްމް ޖަމިއްޔާ' އާ ގުޅިގެން ރޯދައާ ގުޅޭ ހާއްސަ ވީޑިއޯ ސީރީޒްތަކެއް ގެނެސްދިނުމަށް ނިންމައިފިއެވެ.

މިކަމާ ގުޅޭގޮތުން އެޗްޑީސީން ބުނީ، މި ސީރީޒްތަކުގެ މަގްސަދަކީ، ރޯދަ މަހާ ދިމާކޮށް، އެ މަހަށް ބޭނުންތެރި އިލްމީ މައުލޫމާތު ފޯރުކޮށްދިނުމާއެކު، އިސްލާމީ ރިވެތި އާދަތަކާއި ދީނުގައި ކަންކަން އޮންނަ ގޮތް، ޝައުގުވެރި އަދި މައުލޫމާތުން ފުރިގެންވާ ވީޑިއޯތަކެއްގެ ސިފައިގައި ގެނެސްދިނުން ކަމަށެވެ.

އެގޮތުން، 'އަލް އަސްރު' އާއި އެޗްޑީސީ ގުޅިގެން "ގެއްލޭނެތަ" ނަމުގައި މީހުން ހޭލުންތެރި ކުރުމަށް ވީޑިއޯ ސީރީޒްއެއް ގެނެސްދިނުމަށް ވަނީ ނިންމާފައެވެ. "ގެއްލޭނެތަ" ސީރީޒްގެ ދަށުން، ރަމަޟާން މަހުގެ ކޮންމެ ދުވަހަކު ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް އިލްމީ މައުލޫމާތުން ފުރިގެންވާ ވީޑިއޯއެއް ދޫކޮށްލެވޭނެއެވެ. މިއީ، ރަމަޟާން މަހުގައި ރޯދަ ހިފުމުގެ މުހިންމުކަމާއި މާތްކަން އުނގަންނައިދިނުމާއެކު، މުޖްތަމައުގައި ދީނީ ސާބިތުކަން އިތުރުކޮށް ހޭލުންތެރި ކުރުމަށް ކުރިއަށްގެންދެވޭ ސީރީޒްއެކެވެ.

އޭގެ އިތުރުން، 'އިލްމް' ޖަމިއްޔާއާ ގުޅިގެން، "ވާހަކަޔޯ ވާހަކަޔޯ" ގެ ނަމުގައި ކީރިތި ރަސޫލާގެ ސުންނަތުގެ އަލީގައި ކުޑަކުދިންނަށް ހާއްސަކޮށްގެން ގެނެސްދޭ ވާހަކަ ސީރީޒްއެއް ކުރިއަށްގެންދެވޭނެއެވެ. ހުޅުމާލޭގެ ހިތްގައިމު މާހައުލުތަކުން މި ވާހަކަ ސީރީޒް ގެނެސްދޭނީ ޝައިހް ޖައުފަރު މުހައްމަދު އުސްމާންއެވެ.

މީގެ މަގްސަދަކީ، އިސްލާމްދީނުގެ އަސްލުތަކުގެ މައްޗަށް ބިނާކޮށްގެން ހަދާފައިވާ އިލްމީ ވާހަކަތަކެއް ޝައުގުވެރި ގޮތަކަށް ކުޑަކުދިންނަށް ފޯރުކޮށްދިނުމެވެ. އެގޮތުން މި ސީރީޒްގެ ދަށުން ރޯދަ މަހަގެ ކޮންމެ ހޮނިހިރު ދުވަހަކު، ވާހަކަ އެޕިސޯޑެއް އެޗްޑީސީ އަދި އިލްމު ޖަމިއްޔާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް ގެނެސްދެވޭނެއެވެ. މިއީ، އެޗްޑީސީން އިލްމް އިންސްޓިޓިއުޓާ ގުޅިގެން މި ސީރީޒް ގެނެސްދޭ ދެވަނަ އަހަރެވެ. މި ސީރީޒްގެ ސަބަބުން، ޝައުގުވެރި ގޮތަކަށް ކުޑަކުދިންނަށް ދީން އުނގެނުމަށް ބާރުއެޅިގެންދާނެއެވެ.

އެޗްޑިސީން ބުނީ އެކުންފުނީގެ އަމާޒަކީ ކުރިއަށް އޮތް ރަމަޟާން މަހުގައި އެކި ދާއިރާތަކުން މީހުން ހޭލުންތެރިކަން އިތުރު ކުރުމާއެކު  ރަމަޟާން މަހާ ދިމާކޮށް އާންމުންނަށް ފޯރުކޮށްދޭ މައުލޫމާތުތަކަކީ އެ މަހަށް ބޭނުންތެރި މައުލޫމާތުތަކަކަށް ހެދުންކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ