އެސްޓީއޯއިން އަސާސީ ބާވަތްތައް ވިއްކަން ފެށުމާއެކު މާލޭގެ ބާޒާރުގައި އަސާސީ ތަކެތީގެ އަގުތައް ދަށަށް ދާން ފަށައިފި

އެސްޓީއޯއިން އަސާސީ ބާވަތްތައް ވިއްކަން ފެށުމާއެކު މާލޭގެ ބާޒާރުގައި އަސާސީ ތަކެތީގެ އަގުތައް ދަށަށް ދާން ފަށައިފި

ގުޅުންހުރި

އިހަށްދުވަހު އެސްޓީއޯއިން ބާޒާރަށް ފިޔާއާއި ބިސް ނެރުމާއެކު، ރަމަޟާން މަހަށް ތައްޔާރުވަމުންދާއިރު، މާލޭގެ ބާޒާރުގައި އަސާސީ ތަކެތީގެ އަގުތައް ދަށަށް ދާން ފަށައިފިއެވެ.

ނިމިދިޔަ ހަފުތާގައި މާލޭގެ ބާޒާރުގައި ފިޔާ ކިލޯއެއް ވިއްކަމުން ދިޔައީ 20 އާއި 30 ރުފިޔާއަށެވެ. އަދި ކުކުޅު ބިހެއްގެ އަގު ހުރީ 2.50 ރުފިޔާގައެވެ. ލުނބޯ ކިލޯއެއް ވިއްކަމުން ދިޔައީ 70 ރުފިޔާއިން މަތީގައެވެ. ނަމަވެސް އެސްޓީއޯއިން ބާޒާރަށް ފިޔާ ނެރުމާއެކު، މިހާރު މާލެ އަދި ހުޅުމާލޭގެ ފިހާރަތަކުން ފިޔާ ކިލޯއެއް ލިބެނީ 18 ރުފިޔާއަށެވެ. އެސްޓީއޯއިން ފިޔާ ކިލޯއެއް ވިއްކަމުންދަނީ 16 ރުފިޔާއަށެވެ.

ކުކުޅު ބިސް ވެސް މިހާރު ގިނަ ފިހާރަތަކުން ލިބެނީ ދެ ރުފިޔާއަށެވެ. ކާށި ވެސް އެސްޓީއޯއިން ވަނީ އިންޑިއާއިން އެތެރެކޮށް ފަސް ރުފިޔާއަށް ވިއްކަން ފަށާފައެވެ. މިއީ ދަތުރުވެރިންގެ މާރުކޭޓުގައި ނިމިދިޔަ ހަފުތާގައި 10 އާއި 35 ރުފިޔާއާ ދެމެދުގެ އަގުތަކުގައި ވިއްކަމުންދިޔަ އެއްޗެކެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނެފައިވަނީ ރޯދަމަހު ތަކެތީގެ އަގުތައް ބޮޑުވިޔަ ނުދިނުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅަމުންދާނެ ކަމަށެވެ. މިކަމަށް އެ މިނިސްޓްރީން ހާއްސަ އިސްކަމެއް ދޭނެ ކަމަށާއި، އެކަން ކުރިއަށް ގެންދަނީ އެސްޓީއޯއާ ގުޅިގެން ކަމަށެވެ.

އެސްޓީއޯއިން ރަމަޟާން މަހަށް އެތެރެކުރުމަށް ހަމަޖެހިފައިވާ ތަކެތީގެ ތެރޭގައި އަސާސީ ކާބޯތަކެތީގެ ގޮތުގައި ފިޔާ، ބިސް، އަލުވި، ކާށި އަދި ކަދުރު ހިމެނެއެވެ. މީގެ އިތުރުން ތާޒާ ތަރުކާރީ އާއި މޭވާގެ ގޮތުގައި ލުނުމެދު، އިނގުރު، ލައިމް، ކެރެޓް، އޮރެންޖް، ކެބެޖް، މިރުސް، ފޭރު، ކަރާ، އަނބޫ، ޕެޝަންފުރުޓް އަދި ކިއުކަންބާ ހިމެނެއެވެ. އަދި ޕްރޮސެސްޑް ކާނާގެ ގޮތުގައި ނެސްލޭ ކުރީމް، ކޮކޯ ޕައުޑަރ، ބޭކެޓް ބީންސް، ގެރިކިރު ދަޅު އަދި ކެއްކުމަށް ބޭނުންކުރާ ތަކެތީގެ ގޮތުގައި ސަންފްލާވަރ އޮއިލް، ވެޖިޓަބަލް އޮއިލް އަދި ބާސްމަތި ހަނޑޫ ހިމެނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ