މިއަހަރު ރާއްޖޭގެ އިޤްތިޞާދު 5 އިންސައްތަ ކުރިއަރާނެ: އައިއެމްއެފް

މިއަހަރު ރާއްޖޭގެ އިޤްތިޞާދު 5 އިންސައްތަ ކުރިއަރާނެ: އައިއެމްއެފް

Author
ހުސައިން
20 ފެބްރުއަރީ 2025 08:07
0

އައިއެމްއެފުން ރާއްޖޭގެ އިޤްތިޞާދީ ހާލަތު ދިރާސާކުރުމަށްފަހު ނެރުނު ނޫސް ބަޔާނުގައި ވަނީ މިއަހަރު ރާއްޖޭގެ އިޤްތިޞާދު 5 އިންސައްތަ ކުރިއަރާނެކަމަށް ލަފާކޮށްފައެވެ. މި ކުރިއެރުން އަންނާނެކަމަށް ލަފާކުރެވެނީ ފަތުރުވެރިކަމުގެ ދާއިރާއަށް އަންނަ ކުރިއެރުމާއި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓާމިނަލް ހުޅުވުމާ ގުޅިގެންނެވެ.

އާޓިކަލް ފޯ ކޮންސަލްޓޭޝަންގެ ދަށުން ކުރެވުނު މި ދިރާސާގައި، ސަރުކާރުން މިއަހަރު ގެންނަން ރާވާފައިވާ ބަދަލުތަކަކީ މާލީ ހިރާސްތައް ކުޑަކޮށް، އިޤްތިޞާދީ ހަމަޖެހުން ގެނެސްދޭނެ މުހިންމު ބަދަލުތަކެއްކަމަށް އައިއެމްއެފުން ވަނީ ފާހަގަކޮށްފައެވެ. އަދި މިގޮތުން ދަރަންޏާ ބެހޭ ޤާނޫނާއި، ޚަރަދަށް ޒިންމާވުމުގެ ޤާނޫނަށް ގެނެވުނު ބަދަލުތަކާއި، އާސަންދަ ނިޒާމަށް ގެނެވުނު އިސްލާހުތަކަށް އައިއެމްއެފުން ވަނީ ތަޢުރީފްކޮށްފައެވެ.

އެހެންނަމަވެސް، އައިއެމްއެފުން ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ދަރަނި ދެއްކުމުގެ ބުރަ ބޮޑުވާނެކަން ފާހަގަކޮށް، އިސްލާހީ ފިޔަވަޅުތައް އަވަސް މުއްދަތެއްގެ ތެރޭގައި ތަންފީޒުކުރުމުގެ މުހިންމުކަން ބަޔާންކޮށްފައެވެ. އަދި މިއަހަރުގެ އިންފްލޭޝަން ރޭޓު 2.3 އިންސައްތައިގައި ހުންނާނެކަމަށް އައިއެމްއެފުން ލަފާކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.