އަމީނީ މަގުގެ ބައެއްގައި އަލުން ތާރައެޅުމުގެ މަސައްކަތް ނިންމާލައިފި

އަމީނީ މަގުގެ ބައެއްގައި އަލުން ތާރައެޅުމުގެ މަސައްކަތް ނިންމާލައިފި

ގުޅުންހުރި

އަމީނީ މަގުގެ ބައެއްގައި އަލުން ތާރައެޅުމުގެ މަސައްކަތް މިހާރު ވަނީ މުޅިން ނިމިފައިކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން މިއަދު ހާމަކޮށްފިއެވެ. ނަމަވެސް މިސަރަހައްދު އާންމުންނަށް ހުޅުވާލެވޭނީ ކޮންސްޓްރަކްޝަން މިނިސްޓްރީން ކުރަމުންދާ އެސެސްމަންޓްތައް ނިމުމުންކަމަށް އާރުޑީސީން ބައެއް މީޑިއާތަކަށް ވަނީ މައުލޫމާތު ދީފައެވެ. އެގޮތުން މިހަފްތާގެ ތެރޭގައި މަގު ހުޅުވޭނެކަމަށް ލަފާކުރެވޭ ކަމުގައިވެސް އެ އޮފިޝަލް ވިދާޅުވިއެވެ.

މިދިޔަ ޖެނުއަރީ މަހުގެ މެދުތެރޭގައި މާފަންނު ސްޓޭޑިއަމް ސަރަހައްދުގެ ތާރަގަނޑުގެ އަޑިގުޑަން ބޮޑުވެ، ހަލާކުވުމާ ގުޅިގެން އެސަރަހައްދުގައި އަލުން ތާރައެޅުމުގެ މަސައްކަތް އާރުޑީސީން ފަށާފައިވެއެވެ. މި ސަރަހައްދުގެ ތާރަ 2023 ވަނަ އަހަރު އެޅުމަށްފަހު މިހާ އަވަހަށް ހަލާކުވި ސަބަބަކީ ތާރަ ރަނގަޅަށް ނުހިކެނީސް އާންމުންނަށް އެސަރަހައްދު ހުޅުވާލުން ކަމުގައި އާރުޑީސީން ވަނީ ފާހަގަކޮށްފައެވެ.

ދައުލަތުން 84 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ޚަރަދުކޮށްގެން ތަރައްޤީކުރި އަމީނީމަގުގެ މި ސަރަހައްދު އާންމުންނަށް ހުޅުވާލެވުނީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. ރިޔާސީ އިންތިޚާބާ ދިމާކޮށް އޭރުގެ އެމްޑީޕީ ސަރުކާރުން ތާރަ ރަނގަޅަށް ނުހިކެނީސް މަގު ހުޅުވާލުމުގެ ސަބަބުން ތާރަގަނޑުގެ އެކި ސަރަހައްދުތައް ހަލާކުވެފައިވާކަން މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ