އަމީނީމަގުގެ ތާރުއެޅި ސަރަހައްދަށް ލިބުނު ގެއްލުން އާރްޑީސީން މަރާމާތު މަސައްކަތް ފަށައިފި

އަމީނީމަގުގެ ތާރުއެޅި ސަރަހައްދަށް ލިބުނު ގެއްލުން އާރްޑީސީން މަރާމާތު މަސައްކަތް ފަށައިފި

Author
ހުސައިން
11 ޖެނުއަރީ 2025 07:52
0

އާރްޑީސީން އަމީނީމަގުގެ މަރާމާތު މަސައްކަތް ފަށައިފިއެވެ. މި މަސައްކަތް ފެށުމުގެ މައިގަނޑު ބޭނުމަކީ މާފަންނު ސްޓޭޑިއަމް ސަރަހައްދުގެ ތާރުގަނޑަށް ލިބިފައިވާ ގެއްލުން މަރާމާތު ކުރުމެވެ. އެކުންފުނިން އެކްސްގައި ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން، މި މަސައްކަތުގެ ތެރޭގައި ހަލާކުވެފައިވާ ތާރުގަނޑު ނަގައި، އަލުން ތާރު އެޅުން ހިމެނެއެވެ.

އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫއު ކުރީ ސަރުކާރުން ހަވާލުކޮށްފައިވަނީ އާރްޑީސީއާއެވެ. މި މަޝްރޫއުގެ މަސައްކަތް ނިމިފައިވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ. ނަމަވެސް މި މަސައްކަތް ނިމުނުއިރު މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި އަޅާފައިވާ ތާރުގަނޑު އޮތީ ބޮޑުތަން ހަލާކުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.