އިދިކޮޅުގައި އޮތްއިރު ބޮންޑޭ އެމްޑީޕީގެ ހަރަކާތްތަކުގެ އުޅުނު ހަދާނެއްނުވޭ: ފައްޔާޒު

އިދިކޮޅުގައި އޮތްއިރު ބޮންޑޭ އެމްޑީޕީގެ ހަރަކާތްތަކުގެ އުޅުނު ހަދާނެއްނުވޭ: ފައްޔާޒު

Author
މުޙައްމަދު ޝަޒައިމް
28 ޑިސެމްބަރ 2020 07:52
0

އެމްޑީޕީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮވެގެން އެންމެ ބޮޑަށް މަސައްކަތް ކުރެއްވި ދުވަސްވަރު ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އެމްޑީޕީގެ ހަރަކާތްތަކުން ފެނުނު ހަދާނެއް ނުވާކަމުގައި އެމްޑީޕީ ތެރޭގައި އެންމެ ނުފޫޒު ގަދަ ސަރުކާރުގެ ވަޒީރު އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލަކީ އެއްވެސް އިރެއްގައި އެމްޑީޕީގެ ފިކުރުގެ ބޭފުޅެއް ނޫން ކަމަށާއި އެއީ އުފެދުމުގައިވެސް ސޯޝަލް ލިބަރަލް ޕާޓީ (އެސްއެލްޕީ) ފިކުރުގެ ބޭފުޅެއް ކަމަށް ވިދާޅުވެ ބޮންޑޭ ދެއްކެވި ވާހަތަކަށް ރައްދު ދެއްވަމުން މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި އޭރު މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި އުޅުއްވިއިރު، ވަރަށް އުދަނގޫ ދަތި ކަންތައްތަކާއި ކުރިމަތިވި ކަމަށެވެ. ނަމަވެސް އެދުވަސްވަރު އެމްޑީޕީގެ އެއްވެސް ހަރަކާތަކުން ބޮންޑޭ ފެނުނު ހަދާނެއް ނުވާކަމަށެވެ.

މިނިސްޓރަ ފައްޔާޒު ވިދާޅުވީ ބޮންޑޭ ފެންނަނީ އަބަދުވެސް އެމްޑީޕީ ވެރިކަމުގައި އޮންނަ އިރުކަމަށެވެ. ކުރިން އެމްޑީޕީ ވެރިކަމުގައި އޮތް އިރު ބޮންޑޭ މަޖިލީހުގައި އުޅުއްވި ހަދާންވާކަމަށާއި އަދި މިހާރުވެސް މެމްބަރު ބޮންޑޭ މަޖިލީހުގައި ތަމްސީލްކުރައްވާތަން ފެނި އެކަމާއި އުފާވާކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ސަންގުޓީގައި ވާހަކަ ދައްކަވަމުން ބޮންޑޭ ވިދާޅުވީ މިނިސްޓަރު ފައްޔާޒުގެ ވިސްނުމާއި އެމްޑީޕީގެ ގެންގުޅޭ ފިކުރާ ދިމާނުވާ ސަބަބަކީ، ފައްޔާޒަކީ އިބްރާ އުފެއްދެވި ޕާޓީގެ ވިސްނުމުގެ ބޭފުޅެއް ކަމަށްވާތީ ކަމަށެވެ.ބޮންޑޭ ވިދާޅުވީ އެމްޑީޕީގެ ފިކުރާ ސިޔާސަތުތަކާއި ބީރަށްޓެހި، އެހެން ޕާޓީއެއްގެ ފިކުރާ ވިސްނުން ހުންނެވި ބޭފުޅަކު އެމްޑީޕީގެ ސްލޮޓެއްގައި ވަޒީރުކަމުގައި ހުންނެވިޔަސް، އެމްޑީޕީގެ އަސާސްތަކާއި އުސޫލާއި ފިކުރާއި ވަރަށް ދުރުވާނެ ކަމަށެވެ. އަދި އެމްޑީޕީއަކީ ވައްކަމާއި، ކޮރަޕްޝަނާއި، ޚިޔާނާތާއި ދެކޮޅު ފިކުރެއް ކަމަށާއި އެހެން ޕާޓީއެއްގެ ފިކުރު ޤަބޫލުކުރާ ބަޔަކަށް އެކަން ނޭނގޭނެ ކަމަށެވެ.

މިއަހަރުގެ ކުރީ ކޮޅު އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕުގެ ބައެއް މެމްބަރުން ޚާއްސަކޮށް ރައީސް ނަޝީދު އިސްކޮށް ހުންވައިގެން މިނިސްޓަރ ފައްޔާޒު އިސްމާއިލްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދުމަށް މަަސައްކަތް ކުރެއްވިއެވެ. ނަމަވެސް އެކަން ރައީސް ޞާލިހުވަނީ ހުއްޓުވާފައެވެ. އަދި މިނިސްޓަރ ފައްޔާޒަކީ މިސަރުކާރުގެ މިހާރު ހުރި އެންމެ ނުފޫޒު ގަދަ އެއް ވަޒީރެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.