ހުޅުމާލެ ސިނާއީ ސަރަހައްދުގައި ހުރި ވެހިކަލްތައް ނަގާ ސާފުކުރަން ފަށައިފި

ހުޅުމާލެ ސިނާއީ ސަރަހައްދުގައި ހުރި ވެހިކަލްތައް ނަގާ ސާފުކުރަން ފަށައިފި

Author
ހުސެއިން
31 އޮގަސްޓް 2024 12:51
0

ހުޅުމާލެ ސިނާއީ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކާ ގުޅިގެން ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފި އެވެ.

އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި އެޗްޑީސީން ބުނީ ހުޅުމާލެ އަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެ ސަރަހައްދު ސާފުކުރަމުންދަނީ ޕާކު ކޮށްފައިވާ އުޅަނދުތަކާއި ދުވާރުމަތީ ބަހައްޓާފައިވާ ތަކެތި ނެގުމަށްފަހު ކަމަށެވެ. އެ ސަރަހައްދުގައި ހުރި އުޅަނދުތައް ބުރާސްފަތި ދުވަހުގެ 11 ޖެހުމުގެ ކުރިން ނެގުމަށް ފުލުހުން އެނގި އެވެ. އަދި އެގޮތަށް އަމަލުނުކޮށްފިނަމަ އެ އުޅަނދުތައް ޓޯ ކުރާނެ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

މީގެ ކުރިން ވެސް މަދިރި އުފެދޭ ގޮތަށާއި ގަވާއިދާ ހިލާފަށް އެ ސަރަހައްދުގައި ހުރި ތަކެތި ނަގަން އެޗްޑީސީން އެންގި އެވެ. ސަބަބެއްގެ ގޮތުގައި އެ ކޯޕަރޭޝަނުން ފާހަގަކޮށްފައިވަނީ އާންމު ރައްޔިތުންނަށް އުނދަގޫތަކާ ކުރިމަތިވުމުގެ އިތުރުން ނުރައްކާތެރި ބަލިތައް ފެތުރުމަށް މަގުފަހިވާނެތީ ކަމަށެވެ.

ހުޅުމާލެއަކީ ހިނގައި ބިނގައިވެ އުޅުމަށް ފަސޭހަ ތަނަކަށް ހެދުމަށްޓަކާ އެޗްޑީސީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ދާދި ފަހުން ހުޅުމާލޭ މަގުތަކުގެ ދުވާރުތައް މަތީގައި މޭޒުތައް ބަހައްޓައިގެން ދެމުން އައި ހިދުމަތްތައް އެޗްޑީސީން ވަނީ ހުއްޓުވާފައެވެ. މީގެ އިތުރުން ޕާކިން މައްސަލައަށް ހައްލު ގެނައުމަށްވެސް އެޗްޑީސީން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.