އިއުލާން ކުރުމެއް ނެތި ދިރިއުޅުމުގެ ބޭނުމަށް ބިން ވިއްކުމުގެ އެއްވެސް މުއާމަލާތެއް ނުކުރަން: އެޗްޑީސީ

އިއުލާން ކުރުމެއް ނެތި ދިރިއުޅުމުގެ ބޭނުމަށް ބިން ވިއްކުމުގެ އެއްވެސް މުއާމަލާތެއް ނުކުރަން: އެޗްޑީސީ

Author
ޙަސަން މުޙައްމަދު
19 އޮގަސްޓް 2024 10:06
0

އިއުލާން ކުރުމެއް ނެތި ދިރިއުޅުމުގެ ބޭނުމަށް ބިން ވިއްކުމުގެ އެއްވެސް މުއާމަލާތެއް އެ ކުންފުނިން ކުރިއަށް ގެންގޮސްފައި ނުވާ ކަމުގެ ޔަގީންކަން ހައުސިންގ ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ދީފިއެވެ.

އިއުުލާން ކުރުމެއް ނެތި ހުޅުމާލެއިން ބިން ވިއްކާ ކަަމަށް ދެކެވެމުންދާ ވާހަކަަތަކާއި ގުޅިގެން އެޗްޑީސީން ނެރުނު ބަޔާނެއްގައި ވިދާޅުވީ، އިއުލާން ކުރުމެއް ނެތި ދިރިއުޅުމުގެ ބޭނުމަށް ބިން ވިއްކުމުގެ އެއްވެސް މުއާމަލާތެއް އެ ކުންފުނިން ކުރިއަށް ގެންގޮސްފައި ނުވާ ކަމަށެވެ.

އަދި ދިިރިއުޅުމުގެ ބޭނުމަށް ހުޅުމާލޭގެ ބިމެއް ވިއްކުމުގެ މުއާމަލާތް އެ ކުންފުނިން ކުރިއަށް ގެންދަނީ، އާއްމުކޮށް އިއުލާން ކުރުމާއެކު، ހުޅުމާލެވިފައިވާ ބީލަން ޕްރޮސެސްއެއްގެ ތެރެއިން ކަމަށްވެސް އެޗްޑީސީގެ ބަޔާނުގައި ބުނެފައި ވެއެވެ. މިގޮތުން، މިއަހަރުގެ ތެރޭގައި ދެ ފަހަރެއްގެ މަތިން ހުޅުމާލެ އިން ދިރިއުޅުމުގެ ބޭނުމަށް ބިން ވިއްކުމަށް އިއުލާން ކޮށްފައިވާ ކަމަށްވެސް އެ ކުންފުނިން ބުނެފައި ވެއެވެ. "މިއިން ކޮންމެ ފަހަަރަކުވެސް ބިން ގަތުމުގެ ޕްރޮސެސް ކުރިއަށް ދާނެ ގޮތުގެ ތަފްސީލު މައުލޫމާތު އިއުލާނާއެކު އެ ކޯޕަރޭޝަންގެ ވެބްސައިޓްގައި ޝާއިއު ކޮށްފައިވާނެއެވެ،" އެޗްޑީސީގެ ބަޔާނުގައި ވެއެވެ.

އެޗްޑީސީން ބުނެފައިވަނީ، ހުޅުމާލެ ތަރައްގީކޮށް ހިތްފަސޭހަތަނަކަށް ހެދުމަށް އެޗްޑީސީން ހެޔޮ ނިޔަތުގައި ކުރަމުން އަންނަ މަސައްކަތަށް ރައްޔިތުންގެ ފަރާތުން ލިބެމުން އަންނަ އިތުބާރު ކިލަނބުކަން އަންނަ ގޮތަށް، ކަމުގެ ހަގީގަތް ބެލުމެއް ނެތި ހަބަރު ގެނެސްދިނުން ކުށްވެރި ކުރާ ކަަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.