ބޮޑު ތިން އޮޕަރޭޝަންގައި އަތުލައިގަތް މަސްތުވާތަކެތި ނައްތާލަން އޮބްޒާވަރުން ހޯދަނީ

ބޮޑު ތިން އޮޕަރޭޝަންގައި އަތުލައިގަތް މަސްތުވާތަކެތި ނައްތާލަން އޮބްޒާވަރުން ހޯދަނީ

Author
މުޙައްމަދު ޝަޒައިމް
24 ޑިސެމްބަރ 2020 11:20
0

މި އަހަރުގެ ސެޕްޓެމްބަރު އަދި އޮކްޓޯބަރުގައި ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތިން މައްސަލައެއްގައި ހިމެނޭ މަސްތުވާތަކެތި ނައްތާލުމުގައި އޮބްޒާވަރުންގެ ގޮތުގައި އާންމު ރައްޔިތުންނަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ތިންމައްސަލައަކީ 2020 ސެޕްޓެމްބަރު 8 ވަނަ ދުވަހު ޑާކާ މަގުން ރާއްޖެއައި ބަންގްލަދޭޝް ރައްޔިތެއްގެ އަތުން ފެނިފައިވާ 3 ކިލޯ 800 ގްރާމް މަސްތުވާތަކެއްޗާއި 2020 އޮކްޓޯބަރު 1 ވަނަ ދުވަހު ސ.ހިތަދޫ / ފިނިފަރު އަބްދުﷲ އިބްރާޙީމް އާއި އިތުރުބަޔަކު ބައިވެރިގެން ދިވެހިރާއްޖެ އެތެރެކުރި 79 ކިލޯގެ މަސްތުވަތަކެއްޗާއި 2020 އޮކްޓޯބަރ 12 ވަނަ ދުވަހު ގއ.ވިލިނގިލީ / ލައިޓްހައުސް ޝަހީބް އިބްރާޙީމް އިތުރުބަޔާކައި ބައިވެރިވެގެން ރާއްޖެ އެތެރެކޮށްފައިވާ 120 ކިލޯގެ މަސްތުވާތަކެއްޗެެވެ.

މަސްތުވާތަކެތި ނައްތާލުމުގެ ހަރަކާތުގައި އާންމު ރައްޔިތުންގެ ތެރެއިން އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވެލެއްވުމަށް ބޭނުންވާ ފަރާތްތަކުން ނަން ނޯޓުކުރުމުގެ ފުރުސަތު 2020 ޑިސެމްބަރު 27 ވަނަ ދުވަހުގެ 12:00 އާހަމަށްވަނީ ހުޅުވާލާފައެވެ. މި ހަރަކާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ފުރިހަމާ ނަމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރާއި، ގުޅޭނެ ފޯނު ނަންބަރު  ޖެއްސެވުމަށްފަހު ޕޮލިސް މީޑިއާ މެއިލް[email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.

މިހަރަކާތުގައި އާންމު ރައްޔިތުންނަށް އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު  ދިނުމަށްހަމަޖެހިފައިވަނީ މެއިލް ކުރާ ތަރުތީބުން ކަނޑައެޅޭ ވަކި މިންވަރަކަށެވެ. މަސްތުވާތަކެތި ނައްތާލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 2020 ޑިސެމްބަރު 29 ވާ އަންގާރަ ދުވަހު ދޫނިދޫގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.