ހުޅުމާލޭގައި ދުވާރުމަތީގައި ބަހައްޓާފައި ހުންނަ ގޮނޑި މޭޒު އެޗްޑީސީން ނަގަން ފަށަނީ

ހުޅުމާލޭގައި ދުވާރުމަތީގައި ބަހައްޓާފައި ހުންނަ ގޮނޑި މޭޒު އެޗްޑީސީން ނަގަން ފަށަނީ

Author
ޙަސަން މުޙައްމަދު
02 އޮގަސްޓް 2024 10:46
0

ހުޅުމާލޭގައި ދުވާރުމަތީގައި ބަހައްޓާފައި ހުންނަ ގޮނޑި މޭޒު އެޗްޑީސީން ނަގަން ފަށާނެކަން އެ ކޯޕަރޭޝަން އިން ހާމަ ކޮށްފިއެވެ.

އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހުޅުމާލޭގެ އެކި ސަރަހައްދު ތަކުގެ ދުވާރުމަތީގައި އަދި ހެޖުތެރޭގައި ގޮނޑިއާއި މޭޒު ބަހައްޓައިގެން ޚިދުމަތް ދިނުމަކީ މަނާކަމެއް ކަމަށް އެކޯޕަރޭޝަންއިން އިއުލާން ކޮށްފައިވި ނަމަވެސް ގިނަ ފަރާތްތަކުން އެކަމަށް އިޖާބަ ދީފައި ނުވާ ކަމުގައެވެ.

އަދި ދުވާރުމައްޗާއި ހެޖުތެރޭގައި ގޮނޑިއާއި މޭރު ބަހައްޓައިގެން ވިޔަފާރު އުސޫލުން ބޭނުންކުރުމަކީ މަނާކަމެއް ކަމުގައި އެ ކޯޕަރޭޝަންއިން ހަނދާން ކޮށްދީފައި ވެއެވެ.

އެގޮތުން ދުވާރުމައްޗާއި ހެޖުތެރޭގައި ބަހައްޓާފައިވާ ގޮނޑި، މޭޒު 10 އޮގަސްޓުގެ ކުރިން ނެހުމަށް އެޗްޑީސީން ވަނީ އަންގާފައެވެ. އަދި އެ މުއްދަތުގައި ނުނގާ ތަކެތި ނަގާ އެ ސަރަހައްދު އެކޯޕަރޭޝަންއިން ސާފުކުރާނެކަމަށްވެސް ބުނެފައި ވެއެވެ. އަދި އެ ތަކެތި ނެގުމުގައި ލިބޭ ގެއްލުމުގެ ޒިންމާ އެކޯޕަރޭޝަންއިން ނުނަގާނެކަމަށްވެސް ބުނެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.