ދެވަނަ ކުއާޓަރުގައި އެސްޓީއޯއަށް 148 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް

ދެވަނަ ކުއާޓަރުގައި އެސްޓީއޯއަށް 148 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް

މި އަހަރުގެ ދެވަނަ ކުއާޓަރުގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 148 މިލިއަން ރުފިޔާގެ ލިބިއްޖެ އެވެ.

އެސްޓީއޯ އިން އާންމުކޮށްފައިވާ ދެވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާގޮތުން އެ ކުންފުންޏަށް ޖުމްލަ އާމްދަނީގެ ގޮތުގައި ވަނީ 3.5 ބިލިއަން ރުފިޔާ ލިބިފަ އެވެ. މިއީ މީގެ ކުރީ ކުއާޓާރާއި އަޅާބަލާއިރު 23 އިންސައްތައިގެ ދަށްވުމެކެވެ.

އެސްޓީއޯއިން ބުނީ ޖުމްލަ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ކުންފުނީގެ މައިގަނޑު ވިޔަފާރިކަމުގައިވާ ތެލުގެ ވިޔަފާރީގެ އަގުތަކަށް ދުނިޔޭގެ ބާޒާރުގައި އައި ބަދަލާއި ގުޅިގެން، ރާއްޖޭގެ މާކެޓްގައި ތެޔޮ ވިއްކާ އަގުތަކަށް ހެޔޮ ބަދަލުތަކެއް ގެނައުމާ ގުޅިގެން ކަމަށެވެ.

ކުންފުނީގެ ޖުމްލަ ފައިދާ ދަށްވި ނަމަވެސް ހިންގުމުގެ ހަރަދު ނިސްބަތުން ދަށްވުމާއެކު ހިންގުމުގެ ފައިދާގެ ގޮތުގައި ދެވަނަ ކުއާޓަރުގައި 203 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ޓެކްސްއަށް ކެނޑުމުގެ ކުރިން ދެވަނަ ކުއާޓަރުގެ ސާފު ފައިދާއަކީ 177 މިލިއަން ރުފިޔާއެވެ. ޓެކުހަށް ކެނޑުމަށްފަހު، މި ކުއާޓަރުގެ ސާފު ފައިދާގެ ގޮތުގައި ވަނީ 148 މިލިއަން ރުފިޔާ ލިބިފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *