ރައީސް އޮފީހުގެ ކުރީގެ ޗީފް ޓެކްނޮލޮޖީ އޮފިސަރު ހާމިދު ނިޔާވެއްޖެ

ރައީސް އޮފީހުގެ ކުރީގެ ޗީފް ޓެކްނޮލޮޖީ އޮފިސަރު ހާމިދު ނިޔާވެއްޖެ

Author
ހުސައިން
28 ޖުލައި 2024 12:26
0

ރައީސް އޮފީހުގެ ކުރީގެ ޗީފް ޓެކްނޮލޮޖީ އޮފިސަރު ހާމިދު ޝަފީއު މިއަދު ހެނދުނު ނިޔާވެއްޖެއެވެ.

ހާމިދު ނިޔާވުމާއި ގުޅިގެން ސޯޝަލް މީޑިއާގައި ގިނަބަޔަކު ދަނީ ހިތާމަފާޅުކޮށް ތައުޒިޔާ ކިޔަމުންނެވެ. އަދި ކުރީގެ ރައީސް ސާލިހުވެސް ވަނީ ހާމިދު ނިޔާވުމާއި ގުޅިގެން ދައުޒިޔާ ވިދާޅުވެފައެވެ.

ރައީސް ސާލިހުގެ އެކްސް ޕޯސްޓުގައި ވިދާޅުވެފައިވަނީ ހާމިދަކީ ރާއްޖޭގައި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ނަންފަވާލެވޭ ބޭފުޅެއްކަމަށާއި، އަދި އެދާއިރާއިން ޤައުމަށާއި ދައުލަތަށް ގިނަގުނަ އަގުހުރި ޚިދުމަތްތަކެއް އޭނާ ކޮށްދެއްވާފައިވާ ކަމުގައެވެ.

އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވެފައިވަނީ ހާމިދު ނިޔާވީ އިންޑިއާގައި ކަމުގައެވެ.

ޙާމިދު އިނގިރޭސިވިލާތުގެ ޔުނިވާސިޓީ ކޮލެޖް އޮފް ލަންޑަންގައި ކޮމްޕިއުޓާ ސައިންސްގެ ރޮނގުން ބެޗެލާ އޮފް ސައިންސް (އޮނާސް)އިން ޑިގުރީއެއް ހާސިލު ކުރައްވާފައިވާއިރު، އޭނާއަކީ ނުޓަނިކްސް ސަޕޯޓް ސްޕެޝަލިސްޓެއްގެ އިތުރުން ސިސްކޯ މެރާކީ ސަޕޯޓް ސްޕެޝަލިސްޓެކެވެ.

ހާމިދު ވަނީ 1998އާއި 2007އާ ދެމެދު ރައީސް އޮފީހުގެ އިންފޮމޭޝަން ޓެކްނޮލޮޖީ ޑިޕާޓްމަންޓުގައި މެނޭޖާ ޓެކްނިކަލް ސާވިސަސް ޔުނިޓް އަދި ޗީފް ނެޓްވޯކް އެޑްމިނިސްޓްރޭޓާއެއްގެ މަޤާމު ވެސް އަދާކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.